ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ކުޑަކުދިން ތަކެއް ހައްޔަރު ކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާ ކުރި މެސެޖުގައި ބުނަނީ ހުޅުމާލޭ ފޭސް 2 ގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދީން ތަކެއް ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގާފައިވާ މި މައްސަލަ ރިޕޯޓު ކުރީ މިރޭ 10:00ހާއިރު ކަމަށެވެ.
އަދި މި މާރާމާރީގައި އެ ތަނުން އެއް ކުއްޖަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އަދި މި މާރާމާރީއާ ގުޅުން ހުރި އިތުރު ހަތަރު ކުދިން ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް