ލަންދޫ ދަނޑަށް ބޭނުންވާ ސާމާނު ހަމަކޮށް، ބާރު ސްޕީޑުގައި ގެންގޮސް ނިންމަނީ

ލަންދޫ ފުޓުބޯޅަ ދަނޑުގެ މަޝްރޫޢަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި “ނަމެއްގައި” ފެށި މަޝްރޫއެކެވެ. 2021 ވަނަ އަހަރު ހަވާލުކުރި މި މަޝްރޫޢުގެ އެންމެ ކުޑަމިނުން ސަބްބޭސްވެސް ވާރުވަތީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މި ސަރުކާރަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް، މަޖިލިސް އިންތިހާބުގައިވެސް އަދި ލަންދޫ ކައުންސިލުން ދެ ގޮނޑިއެއް ހުސްވެގެން ބޭއްވި ދެ ބައި އިލެކްޝަންގައިވެސް ޒުވާނުން ދެއްކީ އެއް ވާހަކައެކެވެ. ލަންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ކުޅިވަރުގައި މިއިން ދުވަހަކު ފަތަހަށް ނުދާ ވަރަށް ފަހަތަށް ސޮއްސާލި ވާހަކައެވެ.

މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރ ރާފިޢު ލަންދުއަށް ވަޑައިގެން ދެއްވި ޔަޤީންކަމަކީ ދަނޑުގެ މަސައްކަތް ލަސްނުވެ ނިންމަވާނެކަމުގެ ޔަޤީންކަމެވެ. ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީ ކޮށްދެއްވާނެ ކަމުގެ ކަށަވަރުކަން ތަކުރާރުކޮށް ޒުވާނުންނަށް ދެއްވިއެވެ.

ލަންދޫ ފުޓުބޯޅަ ދަނޑަށް ބޭނުންވާ ސާމާނު ހަމަކޮށް ދަނޑު ނިންމުމުގެ މަސައްކަތް ބާރު ސްޕީޑުގައި މިހާރު ވަނީ ފެށިފައެވެ. ހުރިހާ ޓާފެއް ރަށަށް ގެނެވި އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

IMG_5367.jpeg

“ލަންދޫ ދަނޑުގައި ޓާފް އަޅައި ޕިޗްގެ މަސައްކަތް ކުރިއަށް އޮތް 30 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރެވެނީ. ދަނޑުގެ ސަބްބޭސްވެސް މިހާރު އެ ވަނީ ރަނގަޅު ކުރެވިފައި. ޒުވާނުންގެ އުއްމީދުތައް ހަޤީޤަތަކަށް ވެގެން މިދަނީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދަނޑު ހުޅުވި ދަނޑުގައި ކުޅެން ފެށޭނެ” ލަންދޫ ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުޙައްމަދު ވިދާޅުވިއެވެ.

ލަންދޫއަކީ ފުޓުބޯޅައިގައި ގަދަ ބާރެކެވެ. ފޯރިގަދަ އެތައް މުބާރާތެއް ބޭއްވި ރަށެކެވެ. ލަންދޫގެ ބޮޑު ދަނޑާއެކު އެ ފޯރި އަންނާނެ ކަމާމެދު ޝައްކެއްނެތެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy