ކުދި ގައުމުތަކުގެ މަސްލަހަތު ހިމާޔަތް ކުރާން ކޮމަންވެލްތުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން: ރައީސް

ރައީސް ޑރ. މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ކުދި ދައުލަތްތަކުގެ މަސްލަހަތު ހުރި ކަންކަމުގައި ކޮމަންވެލްތުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރައްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަ ކުރެއްވީ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި އިނގިރޭސި ބަހުން ފޮނުއްވި މެސެޖެއްގަ އެވެ.

އެ މަނިކުފާނުގެ މެސެޖުގައި ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަ ކަމުގައި ހުރި ބާރުކަމަށް ވިދާޅުވި އެވެ. ކޮމަންވެލްތަށް، އެއްބައިވަންތަ ކަމަކީ ހަމައެކަނި މަފުހޫމެއް ނޫން ކަމަށާއި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރު "ޓުގެދާ ވީ ތްރައިވް" އަކީ ދިވެހި ދައުލަތުން އެއްބައިވަންތަ ކަމާއި، ވިލުންތެރި ކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ޝިއާރެއްކަމަށެވެ.

ހަމަނުޖެހުމާއި، ނާއިންސާފުގެ ހިޔަނި މި ދުނިޔެއަށް އެޅިފައިވާކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވަނީ، މިފަދަ އުނދަގޫ ވަގުތެއްގައި ސަލާމަތް ކަމާއި ކުރިއެރުން ހޯދުމަށް ޓަކައި، މުޅި ކޮމަންވެލްތުން ބައިވެރިވެގެން ހިންގާ ހަރަކާތުގެ ބުރަދަން ދެނެ ތިބެ، އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ގޮވާލައްވާފަ އެވެ.

"ދިވެހިރާއްޖެ ފަދަ ކުދި ދައުލަތްތަކުގެ ހައްގުގައި އަޑުއުފުލައި، މޫސުމީ ވިލުންތެރި ކަމާއި، މާލީ ވަސީލަތް ތަކަށް ފުރުސަތު ފަހި ކުރުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުން ފަދަ، ހާއްސަކޮށް ކުދި ދައުލަތް ތަކުގެ މަސްލަހަތު ހުރި ކަންކަމުގައި ކޮމަންވެލްތުން ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރަން،" ރައީސްގެ މެސެޖުގައިވެއެވެ.

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ އިންސާނީ ހައްގު ތަކާއި، ހެޔޮ ވެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީގެ މަގުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނުގެ މެސެޖުގައި ދެއްވާފައިވެ އެވެ.

މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު އިސްވެރީންގެ ބައްދަލުވުމަކީ، ކޮމަންވެލްތުން އެއްބައިވަން ތަކަމާއި އެއްބާރުލުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދިން ބައްދަލުވުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. އަދި އެ ބައްދަލުވުމުގެ ނަތީޖާ، އަމަލީގޮތުން ދެއްކުމަށް، އެކުގައި މަސައްކަތް ކުރުން ލާޒިމު ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ކޮމަންވެލްތުގެ ކޮންމެ ފަރުދެއްގެ ކުރިއެރުން ކަށަވަރު ކުރުމަށް ޓަކައި، ކޮމަންވެލްތާއި މެންބަރު ގައުމުތަކާއެކު އޮތް ގުޅުން ހަރުދަނާ ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy