ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާލަން އެއްވެސް ކަމެއް ނުކުރާނެ: ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ -- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާލަން އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެ ކުންފުނީގެ މޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯއިން ގާތްގާތުގައި ދެ ކަރަންޓު ބިލެއް ފޮނުވުމުން އާންމުން ކުރާ ޝަކުވާތަކާ ގުޅުވައިގެން ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަމަށެވެ. އަދި ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންއަރުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ގޮތުން ކަސްޓަމަރުންނަށް ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކަ އަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރީން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް ކަމަށް ފަހުމީ ފާހަގަ ކުރެއްވި އެވެ. އަދި އެއީ ކަސްޓަމަރުންގެ ފައިދާއަށް ޓަކައި ނިންމި ނިންމުމެއް ކަމަށާއި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ނޫން ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ބިލްތަކުގެ ރީޑިން ނެގި ތާރީހުތައް ބިލުން ފެންނާން ހުންނާނެ ކަމަށާއި މިހާރު ފޮނުވާފައިވާ ބިލަކީ މީގެ ކުރީން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީޑިން ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވި ބިލެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

އޭގެ އިތުރުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށް ޓަކައި ޖޫރިމަނާ ނާރާ ގޮތަށް މި ބިލް ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބިލް ފޮނުވުމުގެ މަގުސަދު ތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފަށައިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުން ވެސް ހިމެނެ އެވެ. މީގެ ކުރީން ބެކްލޮގާއިއެކު އެ ބިލް ފޮނުވާ ނަމަ ޑިސްކައުންޓް ދޭނީ ރޯދަމަހުގެ ޔޫސޭޖުގެ އެއްބަޔަށް ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދުކަން ފަހުމީ ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން މި ބެކްލޮގް ފިލުވާލެވުމާއެކު އޭޕްރީލް މަހުން ފަށައިގެން އެ މަހެއްގެ ފަހު ހަފްތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑިލިވާ ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިން އާއި މީޓަރާ އަޅާ ކިޔުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy