އާރުޓީއެލް ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދެފި

އާރުޓީއެލް ބަހަކަށް މީހުން އަރުވަނީ --

އާރުޓީއެލް ބަސްތަކުން ހިލޭ ދަތުރު ކުރެވޭ ކަމަށް ބުނެ ސްކޭމެއް ހިންގާތީ އެ ކަމަށް ސަމާލުވުމަށް އެމްޓީސީސީން އެދެފި އެވެ.

އެމްޓީސީސީން ކުރި އެކްސް ޕޯސްޓުގައި ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކުން ހިލޭ ދަތުރު ކުރެވޭ ކަމަށް ބުނެ، ފޭސްބުކު ޕޭޖެއް މެދުވެރިކޮށް ސްކޭމެއް ހިންގާތީ އެ ކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ ފޭސްބުކު ޕޭޖުގައި ބުނެފައި ވަނީ ސްމާޓު ކާޑެއް މެދުވެރިކޮށް ތިން މަސް ދުވަހުގެ މުއްދަތަށް އާރުޓީއެލް ބަހުގައި ދަތުރު ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

އެ ޕޭޖްގައި ހިންގަމުން އަންނަ އެއްވެސް ހަރަކާތަކީ އެމްޓީސީސީ ނޫނީ އާރުޓީއެލްއާ އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ވެސް އެމްޓީސީސީއިން ބުނެފައިވެ އެވެ.

އެމްޓީސީސީން ބުނީ އެމްޓީސީސީގެ ފަރާތުން އައު ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފު ކުރާ ނަމަ އެ ކަމެއް ރަސްމީކޮށް ފެށުމުގެ ކުރީން އެ ކުންފުނިން މީޑިއާ މެދުވެރިކޮށް އެ ކަމާބެހޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. އަދި އެ ޕޭޖުގައި ހިންގަމުން އަންނަ އެއްވެސް ކަމަކީ އެމްޓީސީސީ އާއި އާރުޓީއެލްއާ ވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން އެމްޓީސީސީއަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ނުހައްގުން ފައިސާ ހޯދުމަށް ކުރާ މިޒާތުގެ ނާތަހުޒީބު އަމަލުތައް ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy