ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފޭސް އެކެއްގެ ނިރޮޅުމަގު، އެލްމޮބައިލް3 ކައިރިން މަގު ހުރަސް ކުރި މީހަކާއި ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު 3:30ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި 6 އަހަރުގެ ކުއްޖާގެ ކަކޫ މަށައިގެންގޮސް ކަނާތްފަރާތު ތުންފަތްމަތީން ބައި އިންޗިއެއްހާ ތަން ފަޅައިގެން ގޮސް، އެކި ވަރުގެ އިތުރު އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވާފައި ވަނީ އީ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް