ފިތުނަ ފަތުރާ މީހުންނާ ދުރުހެލިވުމަށް ރައީސް ނަސޭހަތްތެރިވެއްޖެ

ފިތުނަ ފަތުރާ މީހުންނާ ދުރުހެލިވުމަށް ރައީސް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައި —

ރަމަޟާން މަހު، އަޅުގަނޑުމެންގެ އުޅުން އިސްލާހުކޮށް، ދޮގާއި ފިތުނަ ފަތުރަން މަސައްކަތް ކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ހުލްގު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ އަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނަސޭހަތްތެރިވެވަޑައިގެންފައިވެ އެވެ.

މި ފެށޭ ރޯދަ މަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައްޔިތުންނަށް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި ރައީސް ވަނީ، ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާ ފާގަތިކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފައްޓާފައި އިހުލާސްތެރި މަސައްކަތް އިރާދަކުރެއްވިއްޔާ ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނޭ ކަމަށް ވިދާޅުވެފަ އެވެ.

އަހަރަކު އެއްފަހަރު ބައްދަލުވާ ރަމަޟާން މަހު، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައި ވެސް ދެމެހެއްޓުމަށް އަޒުމު ކަނޑައަޅައި، ދިވެހި ކޮންމެ ކުޑަ ކުއްޖަކާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއް ކަމުގައި މި މަސް ހެދުމަށް އެ މަނިކުފާނުގެ ހިތޯބުގައި ހިތްވަރުދެއްވާފައިވެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ އަމިއްލަ ނަފުސަށް ގެއްލުންހުރި، ނުކިއްސަރު އާދަތަކާ ދުރުހެލިވުމަށް ވެސް ރައީސް ހިތްވަރު ދެއްވާފައިވެ އެވެ.

ކީރިތި ގުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްގަދްރީގެ މަތިވެރި ދަރުމަ އެ މަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ ނިއުމަތާއި ރަހުމަތުން ފުރިގެންވާ މޫސުމެއްކަން ހަނދާންކޮށް ދެއްވަމުން އެ މަނިކުފާނު ވަނީ، ރަމަޟާންމަހު ހިފާ ރޯދަ އާއި، އަޅު ކަމަށް ދޭ ސަމާލު ކަމާއި، އަނެކުންނަށް ދޭ މަދަދާއި ކެތްތެރިކަމާއި އިހުސާންތެރި ކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫހަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

މީގެއިތުރުން، ދިވެހީންގެ ސިލްމާ ސަލާމަތާ ކާމިޔާބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާކަން، މި ފަދަ ކޮންމެ ރޯދަ މަހެއްގައި ވެސް އަޅުގަނޑުމެން ޔަގީން ކުރަން ވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އަދި މާތް ﷲ ދިވެހީންނަށް ދެއްވާފައިވާ ނިއުމަތް ތަކާއި، އަމާން ކަމާއި، ރަހުމަތުގެ ބޮޑު ކަމާއި، ގަދަކީ ރިތިވަންތަ ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރު ކުރާ ހާލު، މުޅި އިސްލާމީ އުންމަތާއި، ހާއްސަކޮށް ނުތަނަވަސް ކަމާއި ދަތި ހާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުއާކޮށްދީ ހެޔޮ ފޯރުވައިދޭން އެމަނިކުފާނުގެ ހިތޯބުގައި އިރުޝާދު ދެއްވާފައިވެ އެވެ.

އެގޮތުން، ފަލަސްތީނުގެ އަހުލުވެރީންނާއި، ހަނގުރާމަ އާއި އަނިޔާވެރި ކަމާއި ހައިހޫނު ކަން ބަރުދާސް ކުރަމުންދާ މިނޫން ވެސް މުސްލިމު މުޖްތަމައު ތަކާއި އާއިލާ ތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ހިތޯބު ނިންމަވާލައްވާފައި ވަނީ، ރަމަޟާން މަހުގެ ފާގަތި ކަމާއި ބާއްޖަވެރި ކަން ދިވެހި ގައުމަށް އަބަދުމެ ތަކުރާރު ކޮށްދެއްވުމަށާއި، މި ލޮބުވެތި ވަތަން އިސްލާމް ދީނުގެ ހިދާޔަތުގައި އަބަދުމެ ލެހެއްޓެވުމަށާއި، ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބައެއްގެ ގޮތުގައި އަބަދުމެ ލައްވައި، ވިޔަވަތި ދިރިއުޅުމެއް މިންވަރު ކުރެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy