ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދޭން ފެއްޓި މަސައްކަތް ކުރިއަށް ގެންދާނަން: ރައީސް

ރައީސް މުއިއްޒު -- މިހާރު ފޮޓޯ

ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ފެއްޓެވި މަސައްކަތްޕުޅު ކުރިއަށް ގެންދަވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ދުވަހާއި ގުޅިގެން އެ މަނިކުފާނު ކުރެއްވި ރަސްމީ އެކްސް ޕޯސްޓުގައި  ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ހޯދައިދިނުމުގެ ގޮތުން، ރައްޔިތުންނާ ގާތުން، ރައްޔިތުންނާ ގުޅިގެން މިހާތަނަށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަން ފާހަގަ ކުރައްވާފައިވެ އެވެ.

އެގޮތުން، ރަށްރަށަށް ދަތުރުފުޅު ކުރައްވައި، ކައުންސިލް ތަކުގެ އަޑުއައްސަވާ، ރައްޔިތުންނާއި ގާތުން ބައްދަލުވެ، ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މިފަދަ ދަތުރުފުޅު ތަކަކީ އެ މަނިކުފާނުގެ ވައުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅު ތަކެކެވެ.

ލާމަރުކަޒީ ދުވަހަކީ، ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާން ފެށުން ފާހަގަ ކުރާ ދުވަހެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy