ވިޕްލައިނާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅަނީ

ޕީއެންސީ ޕީޖީ ގުރޫޕުން ބޭއްވި ޕްރެސްއެއްގެ ތެރެއިން --

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރާން ހުށަހަޅާފައިވާ އިސްލާހުގެ ބިލު ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިނުވާ ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރުމަށް "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލު  ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުން ހިންގައި ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު އެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ 64 މެންބަރުން ވޯޓު ދެއްވައިގެން ނެވެ. އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ ބިލު ބަލައި ނުގަތުމަށެވެ. ޕީއެންސީގެ 12 މެންބަރަކު ވެސް އެ ބިލުގެ ވޯޓުގައި ބައިވެރިނުވެ އެވެ.

މިކަމާ ގުޅުވައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ، އޭގެ ތެރެއިން ނުވަ މެންބަރުން އުޅުއްވަނީ ޕާޓީގެ ދަތުރު ތަކުގައި ކަމަށާއި އެހެންވެ، ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަނީ ދެ މެންބަރުން ކަމަށެވެ.

އަދި ގަސްތުގައި ވިޕްލައިނާ ހިލާފުވެފައި ވާތީ، އެ މެންބަރުންނާ މެދު ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމާ އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު އެއްވެސް ފަހަރަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" އެމަނިކުފާނު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ދަށްކޮށް ކުރީން އޮތް ގޮތަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ ބިލު ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ޓަކައި ޖުޑިޝަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy