ރޯދަ މަހުގެ ކުރީން މާހެފުމަކީ ބިދުއެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާން މަހުގެ ކުރީން މާހެފުމަކީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި އޮތް އިޖްތިމާއީ އާދައެއް ކަމަށާއި އަދި އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމެއް ނޫންކަމުން، އެއީ ބިދުއަ އަކަށް ނުވާނެ ކަމަށެވެ.
އެކަމުގެ ތެރޭގައި ޝަރުއުގައި މަނާ ކުރައްވާފައިވާ ކަމެއް ނުކުރާހާ ހިނދަކު އެ ކަމަކީ ޖާއިޒު ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހަމައެއާއެކު، ރަމަޟާން މަހަށް އިސްތިގުބާލު ކުރުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރު ކުރުމާއި ގެދޮރު ޒީނަތްތެރި ކުރުމަކީ ރިވެތި އާދައެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން ރަމަޟާން މަހަށް އިސްތިގުބާލު ކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ އަމަލަކީ އިހުލާސްތެރިވުމާއި މައާފު ކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން ކަމުގައި ވިދާޅުވެފައިވެ އެވެ.
ރަމަޟާންމަހުގެ ދުވަސް ތަކަކީ އަޅުކަމުގެ ސަވާބު އިތުރު ކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް ކަން ވެސް މިނިސްޓަރު ޝަހީމްގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެ އެވެ.
ކޮމެންޓް