ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން އަންހެނަކު ހައްޔަރު ކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ ހއ. ތުރާކުނު އާހިޔާ، މަރިޔަމް ޒީނާ، 23، އެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑުރަގު އެންފޯސްމަންޓު، ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ދެ ވަނަ ފޭހުގައި ހުރި ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ އެޕާޓުމެންޓު ތެރެއިން 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަރްޔަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް