ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އޮމާނަށް ވަޑައިގެންފި އެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅަކީ އަށް ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވުމަށް ޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
ހަލީލް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކޮންފަރެންސުގެ ބައިވެރީންނާއެކު ފައިދާ ހުރި މަޝްވަރާ ތަކެއް ކުރި ކަމަށެވެ. އަދި އެ މަޝްވަރާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ހަލީލް ވަނީ އޮމާން ސަރުކާރުން އެ މަނިކުފާނަށް ކީ ހޫނު މަރުހަބާ އާއި މެހެމާންދާރީ އަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
މިނިސްޓަރު ހަލީލް، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެސް އޮމާންއަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ. އެ ފަހަރު ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީގެ ދައުވަތަކަށެވެ.
ކޮމެންޓް