ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާ ކުރަން މަޝްވަރާ ކޮށްފި

ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާ ކުރަން ވަނީ މަޝްވަރާ ކޮށްފައި

ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާ ކުރަން މަޝްވަރާކޮށްފި އެވެ.

މި ކަމަށް މަޝްވަރާ ކުރީ "ވާނުވާ" ނުވަތަ މުއްދަތެއް ނެތް ގޮތަށް މީހުން ބަންދު ކުރުމާ ގުޅޭ މައްސަލަ ތަކަށް ހައްލު ހޯދުމަށް ޕީޖީ އޮފީހުން ކުރިއަށް ގެންދާ ބަންދު ފޯރަމް، ޖުޑީޝަރީއަށް ހާއްސަ ކޮށްގެން މިމަހުގެ 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގަ އެވެ.

ބަންދު ފޯރަމްގެ ފުރަތަމަ ބައި ކުރިއަށް ގެންދިޔައީ ޖުޑީޝަރީ ފިޔަވައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާ ތަކާއެކު މި މަހުގެ އެއް ވަނަ ދުވަހު އެވެ.

ޖުޑީޝަރީއަށް ހާއްސަ ކޮށްގެން ފޯރަމް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ، ކޯޓު ތަކުގެ ޖާގަ އާއި ވަސީލަތް ތަކުގެ ދަތިކަތަކާ އެކުވެސް، މައްސަލަ ތަކުގެ ޝަރީއަތް އަވަސް ކުރުމަށް ޓަކައި، މި ނިޒާމުގައި ހިމެނޭ އިދާރާ ތަކުން ކޯޓު ތަކަށް ކޮށްދެވޭނެ ކަންކަން ދެނެގަތުމެވެ.

އޭގެ އިތުރުން ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމަށް ފަހު، ޝަރީއަތްތައް ނުނިމި ދިގުލައިގެން ދާ މައްސަލަ ހައްލު ކުރުމަށް ޓަކައި، ޖިނާއީ އަދުލުގެ ނިޒާމުގެ މެދުގައި އޮންނަ އޮތޯރިޓީގެ ހައިސިއްޔަތުން ޕީޖީ އޮފީހުން ކޮށްދެވެންހުރި ކަންކަން ދެނެގަތުމެވެ.

ޝަރުއީ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ބަންދު ފޯރަމްގައި، ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ ގާޒީންނާއި ކޯޓު ތަކުގެ މެޖިސްޓްރޭޓުން ހިމެނޭ ގޮތުން 60 އަށް ވުރެ ގިނަ ފަނޑިޔާރުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި ފޯރަމްގައި މަޝްވާރަ ކުރެވުނު ކަންކަން:

1. ކޯޓު ތަކުގައި ތާވަލު ކުރެވޭ އަޑުއެހުންތައް ކެންސަލްކުން މަދު ކުރުމަށް ޓަކައި، ސެންޓްރަލައިޒްޑް ޝެޑިއުލިން ނިޒާމެއް ގާއިމު ކުރުން.

2. މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތައް މަދު ކުރުމަށް ޓަކައި، ޝަރީއަތުގެ ބޭރުން އިދާރީ ގޮތުން ކުރެވެންހުރި ކަންކަން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމާ ނުލައި ކުރިއަށް ގެންދިއުން.

3. ހެކިން ކޯޓަށް ހާޒިރު ކުރުމުގައި ދިމާވާ މައްސަ ތަކަށް ހައްލު ހޯދުން.

4. ޝަރީއަތް ނިމެންދެން ބަންދު ކުރެވިފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން، މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުން ދޫކޮށްލުމާ ގުޅޭ ގާނޫނީ މަޝްވަރާ.

5. ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާކުރުން.

6. މައްސަލަ ތަކުގެ ލިޔުންތައް ހިއްސާ ކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ގާއިމު ކުރުން.

ޕީޖީ އޮފީހުން ބުނީ މި ނޫންވެސް، މައްސަލަތަކުގެ ޝަރީއަތްތައް މިހާރަށްވުރެ އަވަސް ކުރުމަށް ނިޒާމަށް ގެނެވެންހުރި ބަދަލުތަކާ ގުޅޭ ގޮތުން މި ފޯރަމްގައި ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރި ކަމަށާއި އެ ގޮތުން ފަނޑިޔާރުންގެ ފަރާތުން މައްސަލަ ތަކުގެ ޝަރީއަތް ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެކަށީގެންވާ އިންސާނީ ވަސީލަތް ނުލިބުމާއި، ކޯޓުތަކަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ނުލިބޭ މައްސަލަ ފަނޑިޔާރުން ތަކުރާރުކޮށް ފާހަގަ ކުރައްވާފައިވެ އެވެ.

މި ފޯރަމްގައި ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ރިޟާ އާދަމާއި އެ ކޮމިޝަންގެ މެންބަރުންނާއި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy