މަސްވެރިކަން ކުރިއަރުވަން މިދިޔަ 40 އަހަރު ނުކުރާހާ މަސައްކަތް މި ސަރުކާރުން ކޮށްފި

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް --

ރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވަން ފާއިތުވި 40 އަހަރު ނުކުރާހާ މަސައްކަތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރު އެކަނި ވެސް ކޮށްފައިވާ ކަމަށް ފިޝަރީފް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

"ރިޔާސީ ބަޔާން 2025 ފޯރަމް" ގައި، ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރި ސިނާއަތް އޮތީ ވަރަށް ހާލުގައި ކަމަށެވެ.

އެކަމުގެ މައިގަނޑު ސަބަބަކީ އެއްވެސް ދިރާސާ ކުރުމެއް ނެތި ކުރީ ސަރުކާރުން ގެނައި ބޮޑެތި ބަދަލުތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ޝިޔާމް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދޭތެރޭގައި 17 ރުފިޔާއަށް ހުރި މަސްކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމެވެ. އަދި އެކަމުގެ ސަބަބުން 13 ވަރަކަށް ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައުލަތުން މަސް ކިލޯއަކަށް ދައްކަން ޖެހޭއިރު، އެއީ އަހަރެއްގެ މައްޗަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކަން ފާހަގަ ކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ، ބައިނަލްއަގުވާމީ މާކެޓުގައި ހުންނަ އަގަށް މަސް ގަންނަން ނިންމަވައި އެކަން ތަންފީޒު ކުރެއްވުމަކީ ރައީސް މުއިއްޒުގެ ހިކުމަތްތެރި ނިންމެވުމެއް ކަމަށެވެ.

އެކަމުގެ ސަބަބުން މަސްވެރި ސިނާއަތުގެ އުމްރާނީ ކަންކަމަށް ހަރަދުކުރާނެ ފައިސާ އޭގެ ތެރެއިން ބާކީ ކުރެވޭ ކަމަށް ވިދާޅުވި އެވެ.

"މަސްވެރި ސިނާއަތުގައި ހުރިހާ ފަރާތްތަކަށް ހަރަކާތްތެރިވެވޭނެ މާހައުލެއް އެ މަނިކުފާނު އުފެއްދެވީ މަހުގެ އަގު ފްލޯޓްކުރައްވައިގެން. އެހެން ހެދީމައި މިވާ ގޮތަކީ ހުރިހާ ހިސާބަކުން މަސް ގަނޭ. ހުރިހާ ހިސާބަކުން މަސް ކިރުވޭ. މަސްވެރި ސިނާއަތުގެ އުމްރާނީ ކަންތައްތަކަށް ހޭދަކުރާނެ ފައިސާ އޭގެ ތެރެއިން އެބަ ބާކީކުރެވޭ" އެ މަނިކުފާނު ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުގެ ނިންމުން ތަކުގެ ސަބަބުން މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ވަރަށް ދަތި ހާލަތެއް ކުރިމަތިވި ކަމަށެވެ.

އެގޮތުން އެންޒިސްގެ ޕްރޮސެސިން ބަންދު ކުރަން ޖެހުމުން 400 އެއްހާ އަންހެން މުވައްޒަފުންގެ އާމްދަނީއަށް އެ ކަމުން އަސަރު ކުރި ކަމަށާއި ނަމަވެސް، މިހާރު ގެނެވިފައިވާ ބަދަލުތަކާއެކު އަމިއްލަ ކުންފުނިތަކަށް ވެސް މަސް ގަނެވި ވާދަވެރި މާކެޓެއް އުފެއްދޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy