ގާޒާގެ ކޮންޓްރޯލް އެމެރިކާއިން ނަގަން އުޅޭތީ މައުމޫން ހިތްޕުޅު ހަމަނުޖެހިއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- މިހާރު ފޮޓޯ

ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް އެމެރިކާގެ ކޮންޓްރޯލުގެ ދަށަށް އެ ތަން ގެނައުމަށް އެ ގައުމުން ގެންގުޅޭ ސިޔާސަތާމެދު ކުރީގެ ރައީސް މައުމޫން އަބްދުއްޔޫމް ހިތްޕުޅު ހަމަޖެހިވަޑައިނުގެން، ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް މިފަދަ ކަމެއް ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ގާޒާ އަކީ އެމެރިކާއިން ކޮންޓްރޯލް ކުރާ ތަނަކަށް ހަދާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރީ ވައިޓް ހައުސްގައި ޔަހޫދީންގެ ހަރުކަށި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔަހޫއާ އެކު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމަކަށްފަހު އެވެ.

ޓްރަންޕު ބުނީ ގާއްޒާގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން އެހެން ގައުމު ތަކަށް ބަދަލު ކުރުމަށް ފަހު، އެމެރިކާއިން އެ ތަނުގެ ކޮންޓްރޯލް ނަގާނެ ކަމަށެވެ. އަދި އެ ތަނުގައި ހުރި ނުރައްކާތެރި ހަތިޔާރުތައް ނައްތައިލައި އެ ސަހަރު ތަރައްގީ ކުރާން ބޭނުންވާ ކަމަށް ވެސް ޓްރަންޕު ބުންޏެވެ.

އެކަމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ރައީސް މައުމޫން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާ އިން ގައްޒާ އަތުލައި އެ ތަނުގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެ ކަމަށް ޓްރަމްޕް ބުނެފައި ކަމަށެވެ. އަދި ގައްޒާގައި މިހާރު ދިރިއުޅޭ މީހުން އެހެން ތާކަށް ބަދަލު ކުރާނެ ކަމަށް ވެސް ޓްރަންޕު ބުނިކަން މައުމޫން ފާހަގަ ކުރެއްވި އެވެ.

އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ، ޓްރަންޕަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ ކިތަންމެ ބާރު ގަދަ މީހަކަށް ވެސް ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަންކަން ނުކުރެވޭނެ ކަމަށެވެ.

"ޓްރަމްޕް ވިދާޅު ވަނީ އެމެރިކާއިން ގައްޒާ އަތުލައި އެ ތާނގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެ ކަމަށް. އަދި ގައްޒާގައި މިހާރު ދިރިއުޅޭ މީހުން އެހެން ތާކަށް  ބަދަލު ކުރާނެ ކަމަށް. ކިތަންމެ ބާރު ގަދަ މީހަކަށް ވެސް ބައިނަލްއަގުވާމީގާނޫނާ ހިލާފަށް މިފަދަ ކަމެއް ކުރެވިގެނެއް ނުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޔަހޫދީ ސިފައިން ގާޒާގައި ހިންގަމުން އައި ނަސްލު ނައްތާލުމުގެ ހަނގުރާމަ މެދުކަނޑާލި ނަމަވެސް ޓްރަންޕު ވަނީ އިސްރާއީލްގެ ވައިގެ ހަމަލާތައް ކޮންމެ ވަގުތަކުވެސް ފެށިދާނެ ކަމަށް ބުނެ ގާޒާ ރައްޔިތުންނަށް ބިރުދައްކާފަ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy