ގުދުރަތީ ކާރިސާތަކުން ސަލާމަތްވެފައިވާ ދަނޑުވެރިކަމުގެ ސިނާއަތެއް ގާއިމު ކުރުން މުހިއްމު: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު -- ފޮޓޯ/ ރައީސް އޮފީސް

ވަށާޖެހޭ، ދެމެހެއްޓެނިވި އަދި ގުދުރަތީ ކާރިސާތަކުން ސަލާމަތްކަން ކަށަވަރުކުރެވޭ، ދަނޑުވެރިކަމުގެ ސިނާއަތެއް ރާއްޖޭގައި ގާއިމު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

 އެކަމަނާ މިހެން ވިދާޅުވީ، "ކްލައިމެޓް ރެޒިލިއެންޓް އެގްރިކަލްޗަރ ފޮ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް" ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނީ ދިރިއުޅުމާއި ދަނޑުވެރިކަމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރު ކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުން އިތުރުކުރުމަށް ޓަކައި ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ. އަދި، ކެމިކަލް އެކުލެވޭ ގަސްކާނާގެ ސަބަބުން ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށްވެސް އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ޓަކައި އެންމެ ފަހުގެ އިޖާދީ ގޮތްތަކާއި މައުލޫމާތުގެ ބޭނުން ކުރުމާއި، ހާއްސަކޮށް، އާޓިފިޝަލް އިންޓެލިޖެންސް، (އޭއައި) ގެ ބޭނުން ހިފުމުގެ މައްޗަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.

އެފަދަ ޒަމާނީ އައު އީޖާދު ތަކުގެ ބޭނުން ހިފައި، އަދި ލިބިފައިވާ ވަސީލަތް ތަކުގެ ބޭނުން ފުރިހަމައަށް ކޮށްގެން، އުފެއްދޭ މިންވަރު އިތުރުކޮށް، ވިލުންވެރި، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ގާއިމު ކުރުމުން، ރައްޔިތުންނަށް އޭގެ ފައިދާލިބިގެންދާނޭ ކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.

އަދި އެފަދަ ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއްގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތައް މަދުކުރެވި، ރައްޔިތުންގެ ދުޅަހެޔޮކަން ޔަގީން ކުރެވިގެންދާނޭ ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ފަދަ ނިޒާމެއްގެ ތެރެއިން، ކާބޯތަކެތީގެ ފެންވަރު ކަށަވަރު ކުރެވި، އަދި ފެންވަރު ކަށަވަރު ކުރުމަށް، އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ފަހި ކުރެވޭ ގޮތަށް އެ ނިޒާމު ފަރުމާ ކުރެވޭނެ ކަމަށް ވެސް މެޑަމް ސާޖިދާ ވިދާޅުވި އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy