ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ އަނބިކަނބަލުންގެ މެޑަމް ފަޒްނާގެ މަންމާފުޅު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ޒަމީރާ އުމަރު އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ލޮބުވެތި މަންމަ، ޒަމީރާ އުމަރު އަވަހާރަވުމުގެ ފުން ހިތާމައިގާ ބައިވެރިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހުގެ ދެކަނބަލުންނަށާއި އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްހޫމާ ޒަމީރާ އުމަރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަހުމަތާއި އޯގާވަންތަ ކަމުގައި ތާ އަބަދުމެ ލެހެއްޓެވުން އެދި ދުއާ ކުރައްވާފަ އެވެ.
ކޮމެންޓް