ސްޓެލްކޯގެ މުވައްޒަފުންނަށް ރިސާލަަތު ޕްރޮގުރާމްގެ ދަށުން ހާއްސަ ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ.
ސްޓެލްކޯގައި ކުރިއަށް ގެންދިޔަ މި ދަރުސް ކުރިއަށް ގެންގޮސްފައިވަނީ 'ޒަކާތް' މައިލޫއު އަށެވެ. މި ދަރުސް ނަންގަވައިދެއްވާފައި ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚު އާޒިމް ހާލިދު އެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ރިސާލަތު ޕްރޮގުރާމްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީގެ އިތުރުން ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ، ދިވެހީންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރޭވިގެން ހިންގޭ މުހިއްމު ޕްރޮގުރާމެކެވެ.
ކޮމެންޓް