ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތު ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކައުންސިލަށް ވަދެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ތިނަދޫ ކައުންސިލަށް ވަނީ މިއަދު ހެނދުނު އެވެ. އަދި އެތަނުގައި ހުރި މި ތަހުގީގަށް ބޭނުންވާނޭ ކިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ތަހުގީގު ޓީމުން ކުރި ކަމަށް ވެސް ވެއެވެ.
ތިނަދޫ އަކީ ސިޓީއެއްގެ ދަރަޖަ ލިބުމުގެ ޝަރުތު ހަމަ ނުވާ ރަށަކަށްވެފައި މަރުވެފައިވާ މީހުންނާއި ކައިރި ރަށްރަށުގެ ބައެއް މީހުންނަކީ އެ ރަށުގެ ރަށްވެހީން ކަމުގައި ހަދައި، 10،000 މީހުން ހަމަވާ ސައްހަނޫން ލިސްޓެއް ތައްޔާރުކޮށް ދައުލަތުގެ އިދާރާ ތަކަށް ހުށަހެޅި މައްސަލައެއް ފަޅާއަރާފައިވާއިރު، އެ ކަމުގެ އެންމެ ބޮޑު ތުހުމަތު އަމާޒު ވަނީ މޭޔަރު ސައުދަށެވެ.
އެހެންކަމުން ތިނަދުއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލް ކުރުމަށް ސިވިލް ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
ކޮމެންޓް