މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.
އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅު އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެ އަތޮޅު ތަކަށް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު ފަހު 2:30 އަށެވެ.
މެޓުން ބުނީ މި ވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖެއަށް މި ދުވަސްވަރު ކުރަމުން މި އަންނަނީ އިރުވައި މޫސުމުގެ ވިއްސާރަ އެވެ
ކޮމެންޓް