ލަންދޫގެ ތަރައްގީއަށްޓަކައި މިފަހަރު އާތިފާއަށް ވޯޓު ދެއްވާ!

ލަންދޫ ކައުންސިލަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، އާތިފާ މޫސާ --

ނ. ލަންދޫ ކައުންސިލަށް އަންހެން މެންބަރަކު ހޮވުމަށް ފެބުރުއަރީ މަހުގެ އަށް ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަ ކުރައްވައި، ކެންޑިޑޭޓު ނަމްބަރު، 2، އާތިފާ މޫސާއަކީ މި މަގާމަށް ކުރިމަތި ނުލާ ގޭގައި މަސައްކަތް ކުރި އިރުވެސް ރަށާ މެދު ފިކުރު ހިންގި ދިވެހި ލޭ ހިނގާ ދިވެހި ދަރިއެކެވެ.

ރަށުގެ ތަރައްގީ އާމެދު ވިސްނެވި އެވެ. އެކަން ކުރެވޭނެ މަގެއް ފެނޭތޯ އިންތިޒާރު ކުރި އެވެ. އުފަން ރަށް ދެކެ ވާ ލޯބިންނެވެ. ރަށަށް އަންނަ ކުރިއެރުމާއި ތަރައްގީ ހަމަލޮލުން ދެކެލާ ހިތުންނެވެ.

ކޮންމެއަކަސް، އެންމެ ފަހުން އާތިފާއަށް ވިސްނުނީ ކައުންސިލް ތެރެއިން އެކަމަށް މަސައްކަތް ކުރަން ފަސޭހަ ވާނެ ކަމަށެވެ.

އާތިފާ ވިދާޅުވާ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ރަށަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕީއެންސީގެ މެންބަރަކު ކައުންސިލްގައި ނެތުމެވެ.

އެހެންކަމުން އެ ސަގާފަތް ބަދަލުކުރުމަށް ޓަކައި ވެސް މި ފަހަރުގެ ބައި އިލެކްޝަންގައި ރައްޔިތުން ނުކުމެ އޭނާއަށް ވޯޓު ދޭންޖެހޭ ކަމަށް އޭނާ ގާބޫލު ކުރައްވަ އެވެ.

"މި މަގާމަށް އަންނަން ބޭނުން ވަނީ ސަރުކާރުން ރަށަށް ގެނެސްދޭން ބޭނުންވާ ތަރައްގީ ގެނެސް ދެވޭނީ ސަރުކާރަށް އެއްބާރުލުން ދޭ ސަރުކާރު ހިންގައި ޕާޓީ އަށް ނިސްބަތްވާ ޕާޓީގެ މެންބަރަކު ކައުންސިލްގަ ހުރެގެން ކަމުގައި ވާތީ،" އާތިފާ ވިދާޅުވި އެވެ.

އާތިފާއަށް ކެންޕޭން ކުރުމުގެ ކަންކަން ވަރަށް ފޯރިއާއެކު ރަށުގައި ކުރިއަށްދާއިރު، މީގެ ތެރޭގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތައް ހިންގަ އެވެ. އަދި ދާއިރާގެ މެންބަރު ހުސްނީ މުބާރަކު އާއި ސަރުކާރުގެ ވަފުދުތަކުން ވެސް އެ ރަށަށް ވަޑައިގެން އަންނަނީ ތާއީދު އިތުރު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ލަންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު މަންސޫރު ވެސް ދެކެލައްވާ ގޮތުގައި އާތިފާ ވިދާޅުވި ފަދައިން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕީއެންސީގެ މެންބަރަކު އެ ކައުންސިލްގައި ނެތުމެވެ.

"ލަންދޫއާ ކައުންސިލާ ގުޅައިދެވޭނެ އެއްވެސް ފޮމިިއުލާއެއް މިވަގުތު ކައުންސިލްގަ ނެތް. މިިސާލަކަށް މި ރަށުގަ ސަރުކާރުން އޭޓީއެމްއެއް ގާއިމު ކުރަން އުޅުނީމަ ވެސް ކައުންސިލުން އެ އޮތީ ދެކޮޅު ހަދާފަ،" އޭނާ ވިދާޅުވި އެވެ.

ސަރުކާއި ކައުންސިލާ ދެމެދު އޮންނަ ގުޅުން ގާއިމުކޮށް ވަރުގަދަ ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި މަންސޫރު ވިދާޅުވީ އެހެންކަމުން ރަށަށް ތަރައްގީ ބޭނުން ނަމަ ޕީއެންސީއަށް މި ގޮނޑި ކާމިޔާބުކޮށްދޭން ޖެހޭ ކަމަށެވެ.

"އަދި އެއް އަހަރު އެބައޮތް މި ކައުންސިލް ނިމެން. އެހެންވެ މިގޮތަށް ގަނަތެޅެން ތިބުމުގެ ބަދަލުގަ މި ގޮނޑި ކާމިޔާބުކޮށްގެން ނޫން ގޮތަކަށް ހަމަޖެހިލައިގެން ލަންދޫއަށް ތަރައްގީ ގެނެވޭނެ ތަނެއް އަޅުގަނޑަކަށް ނުފެނެ،" އޭނާ ވިދާޅުވި އެވެ.

މަންސޫރު ވިދާޅުވި ގޮތުގައި ފާއިތުވި ހަ އަހަރު ދިޔައީ އެމްޑީޕީގެ ސާފު މެޖޯރިޓީ ރަށުގައި އޮވެގެންނެވެ. ނަމަވެސް އެވަރުގެ ބޮޑު މެޖޯރިޓީއެއް އޮވެމެ، އެކަށީގެންވާ ގޮތެއްގައި ރަށަށް ހިދުމަތް ކުރެވުނު ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އެ ތާރީހު ބަދަލުކޮށްލީ މި ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީ ފަރާތުން ވާދަ ކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހުސްނީ މުބާރަކު ކަން ވަރަށް ފަހުރުވެރި ކަމާއެކު މަންސޫރު ފާހަގަ ކުރެއްވި އެވެ.

"މި އިންތިހާބުގަ އަޅުގަނޑުމެން ދިމާކޮށްފަ މި އޮތީ އެމްޑީޕީގެ މެޖޯރިޓީ ދުއްވާލާ ޕީއެންސީގެ މެޖޯރިޓީ މި ރަށަށް ނަގަން. އަދި 2026 އަށް އަޅާލާ ފާލަމެއްގެ ގޮތުގަ،" މަންސޫރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މި ގޮނޑި ޕީއެންސީއަށް ކާމިޔާބު ކުރުމަކީ ހުރިހާ ރައްޔިތުންގެ ބޮލުގަ އެޅިފަ އޮތް ވަރަށް ބޮޑު ވާޖިބެއްގެ ގޮތަގަ،"

ލަންދޫއަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން އަންނަނީ ގިނަ ކަންތައްތަކެއް ކުރަން ތައްޔާރުވަމުންނެވެ.

މީގެ ތެރޭގައި އެމްޑީޕީ ސަރުކާރުގައި ހުއްޓާލާފައި އޮތް ފުޓުބޯޅަ ދަނޑާއި ފެނުގެ ނިޒާމުގެ މަސައްކަތުގެ އިތުރުން އެ ރަށުގައި މި ސަރުކާރުން ގާއިމު ކުރާ އައިސް އުފައްދައި ޕުލާންޓު އަދި އޭޓީއެމްގެ މަސައްކަތް ހިމެނެ އެވެ.

މާޒީއަށް ދުރުމި ހިންގާލާއިރު، ފެންނާން އޮތީ ކައުންސިލްތަކުން ސަރުކާރަށް ޖެއްސުން ކުރަމުންދިޔަ މަންޒަރެވެ. ސަރުކާރުން ރަށްރަށަށް ގެންނާން ބޭނުންވާ ތަރައްގީއަށް ކައުންސިލް ތަކުން ހުރަސް އަޅާ ތަނެވެ.

ކަން މިހެން އޮތްއިރު، ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކައުންސިލުން މަސައްކަތް ކުރާނަމަ އެ ކަމުގެ ދެރައާއި ގެއްލުން ލިބޭނީ ހަމަ އެ ރަށެއްގެ ރައްޔިތުންނަށް ކަމެވެ.

މި ފަހަރުގެ ބައި އިލެކްޝަންގައި މި ދެންނެވި ކަންކަމަށް ނުވިސްނާ ޕާޓީން ދެއްކި މީހާ އަށް ވީތީ ވޯޓު ކަރުދާސް ކޮޅުގައި ފާހަގަ ޖަހާއިފި ނަމަ ދެން ބޯން ޖެހޭ ބޭސް އަދި މާ ހިތި ވާނެ އެވެ.

ލަންދޫ ކައުންސިލުން ހުސްވެފައިވާ މި ގޮނޑިއަށް އާތިފާގެ އިތުރުން ދެން ވާދަ ކުރައްވަނީ އެމްޑީޕީން ފާތިމަތު ރިޔާޝާ އެވެ.

މި ބައި އިލެކްޝަންގައި ވޯޓުލާ ދުވަސް ކުޑަތަންވަމުން އަންނައިރު ބުއްދި ވެރީންނަކީ މާޒީން އިބްރަތް ހާސިލު ކޮށްގެން މުސްތަގުބަލް ބިނާ ކުރާ މީހުންނެވެ. ލަންދޫ މީހުންނަށް މިހާރު ވިސްނިއްޖެ އެވެ. އަމިިއްލަ އަތުން ހެދިފައި ހުރި ގޯސްތަކަށް ހިތާމަކޮށް ރޮއެފީމު އެވެ.

އެކަމުގެ ހިތި ރަހަ މިހާރު ވެސް ކަރުބުޑުގައި އެބަ ހުއްޓެވެ. އެ ދުވަސް ދެކޭކަށް ދެން ބޭނުމެއް ނޫނެވެ.

ޕާޓީގެ ހައްގުގައި މަސައްކަތް ކުރުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް އަމިއްލަ މިނިވަން ކަމުގައި ގޮސް ވޯޓު ކަރުދާސް ކޮޅުގައި ޖަހާ ފާހަގަ ޖަހަން ޖެހޭނީ ޕާޓީގެ ހައްގުގަ އެއް ނޫނެވެ. އުފަން ރަށަށްޓަކަ އެވެ. ނޫނީ އެއީ ރަށަށް ވެވޭ ބޮޑު ހިޔަނާތަކަށް ނޫނީ ނުވާނެ އެވެ.

 ކަން މިހެން އޮތްއިރު، ރަށު ރައްޔިތުންގެ ފަރާތުން އާތިފާ އެދެނީ ވޯޓުލާ ދުވަހު ވީހާވެސް ގިނަ ބަޔަކު ނުކުމެ، އޭނާއަށް ވޯޓު އަޅައި ވޯޓު ފޮށިތައް ފުރާލަދިނުމަށެވެ.

އުޅެބޮޑުވި ލޭފެން ހިނގާ ރަށާމެދު ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ދުވަސްކޮޅަކަށް ނަމަވެސް އޭނާއަށް ފުރުސަތު ދިނުމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy