އެމްއެމްޕީއާރުސީ ހިޔާނާތް: އަދީބާއި އިތުރު ބައެއްގެ އެއްބަސްވުން ނިމުމަކަށް ގެންނަނީ

ޕީޖީ އައްބާސް ޝަރީފް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކާ އެކު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ އިމިއުނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް މިއަދު ނިންމައިފި އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ކުރީގެ ނައިބު ރައީސް އަދީބާއެކު އިތުރު ތިން މީހަކާއެކު އެކުލަވައިލި އިމިއުނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވަނީ މިއަދު އެވެ. އެއީ

1. ހ. ސާމަރާ، އަހްމަދު އަދީބު އަބްދުލްޣަފޫރު

2. މ. ލޭންޑް އޮފް ގާޑެން، އަހްމަދު އިޝްފާހް އަލީ

3. މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް

4. ގ. އޮއިވާލި، މުހައްމަދު ހުސައިން

މި ބޭފުޅުންގެ އިތުރުން ހ. އާހަމަ، އަބްދުالله ޒިޔާތުއާ އެކު ވެފައިވާ އެއްބަސްވުން ވެސް ވަނީ 2022 އޮގަސްޓު މަސް ތެރޭގައި ނިމުމަކަށް ގެނެސްފަ އެވެ.

އެ އޮފީހުން ބުނީ މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ނިންމާފައި ވަނީ މި އެއްބަސްވުންތައް އެކުލަވައިލާފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ނަމަވެސް މި މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގައި އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަހުގީގީ އިދާރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުން ތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަކުގެ ތަހުގީގު ކުރިއަށްގެންގޮސް ވީ އެންމެ އަވަހަކަށް އެ މައްސަލަ ފުލުހަށާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް އަންގާފައި ވާނެ ކަމަށް ވެސް ޕީޖީން ބުނެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy