މިދިޔަ އޮކްޓޯބަރާއި ނޮވެމްބަރުގައި ހެދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.
އެޗްއެސްސީ އާއި އެޑެކްސެލް އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނު ހިމެނޭ ގޮތަށް 4،293 ދަރިވަރުން ބައިވެރިވި މިފަހަރުގެ އިމްތިހާނު ވަނީ ރާއްޖޭގެ 48 ސެންޓަރެއްގައި ބާއްވައިފަ އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ ނަތީޖާ ދޫކުރާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށެވެ. އަދި އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ އެ އިދާރާއިން ކަމަށެވެ.
އެޗްއެސްޗީގެ އިމްތިހާނުގައި މި ފަހަރު ބައިވެރިވީ 1،663 ދަރިވަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3،842 ކުދިން އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނުގައި 443 ކުދިން ބައިވެރިވި އެވެ.
ކޮމެންޓް