ރާއްޖެެއިން ޔޫކްރެއިނަށް ތާއީދު ކުރަން ނިންމި ވާހަކަ ހަލީލް ދޮގު ކުރައްވައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް -- ފޮޓޯ ކްރެޑިޓް/ މިހާރު

ރަޝިޔާ ޔޫކްރޭން ހަނގުރާމައިގައި ރާއްޖެއިން ތާއިދު ކުރަނީ ޔޫކްރެއިނަށް ކަމަށް ބުނެ ފަތުރާ ވާހަކަތައް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ދޮގު ކުރައްވައިފި އެވެ.

ހަލީން މިހެން ވިދާޅުވީ އެސްޓޯނިއާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު އެ ތަނުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅުވައިގެންނެވެ.

އެ ޕޯސްޓުގައި ވަނީ ސަލާމަތީ ކަންކަމާއި، ބައިނަލްއަގުވާމީ ގާނޫނުތައް ދެމެހެއްޓުމާއެކު އދ. ގައި ރާއްޖެއިން ޔޫކްރޭނަށް ތާއީދު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ.

މި ވާހަކަތައް ދޮގު ކުރައްވަމުން ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވާ ކަމަށާއި އ.ދ ގައި ރާއްޖެއިން ވޯޓު ދެމުންދާ ގޮތުން އެކަން ސާފުވާނެ ކަމަށެވެ.

"ކުދި ގައުމުތަކުގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ހާލަތް ތަކުގައި ރާއްޖެއިން އަބަދު ވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް،" ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެން ވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާ ގޮތަށް ހުރިހާ ގައުމަކާ އެކީ ވެސް ގާތް ގުޅުން ބޭއްވުމުގެ މައްޗަށް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެސްޓޯނިއާއަކީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް މާލީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy