ހުޅުމާލޭގައި ދެވަނަ ފޭހުގައި ހުންނަ ހިޔާ ޓަވަރެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ ހިޔާ ޓަވަރަކުން މިއަދު މީހަކު ވެއްޓިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ޓަވަރުން ވެއްޓުނު މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހަށް ލިބިފައިވާ އަނިޔާގެ އިތުރު ތަފުސީލު ހާމަ ނުކޮށް ފުލުހުން ބުނެފައިވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ހިޔާގެ ފަސް ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓަކުން މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުގެ ރޭ ވެސް ވަނީ އުމުރުން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ވެއްޓި މަރުވެފަ އެވެ.
ކޮމެންޓް