އިނގިރޭސި ސަފީރު ދިރިއުޅުއްވާ ގޭގައި ބޮޑުކުރި ރުއް ހުޅުމާލޭގައި އިންދައިފި

އިނގިރޭސި ސަފީރު ގޭގައި ބޮޑުކުރި ކާށި ހުޅުމާލޭގައި އިންދަނީ - ފޮޓޯ/ އެޗްޑީސީ

އިނގިރޭސި ސަފީރު ކެރޮން ރޮސްލާ ރާއްޖޭގައި ދިރިއުޅުއްވާ ގޭގެ ޓެރަސްގައި ބޮޑުކުރި ރުކެއް ހުޅުމާލޭ ސެންޓްރަލް ޕާކްގައި އިންދައިފި އެވެ.

އެ ގަސް ސެންޓްރަލް ޕާކްގައި އިންދާފައި ވަނީ އެޗްޑީސީގެ މުވައްޒަފުން އިއްޔެ ބޭއްވި ފެއާވެލް އިވެންޓެއްގަ އެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު، ކެރޮން ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

އެޗްޑީސީން ބުނިގޮތުގައި ސެންޓްރަލް ޕާކްގައި މި ރުށް އިންދީ ހައި ކޮމިޝަނަރުގެ ހައިސިއްޔަތުން ކެރޮން ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އެއީ 2021 ވަނަ އަހަރު އޭނާއަށް ހަދިޔާއަކަށް ލިބިވަޑައިގެންނެވި ކާއްޓެއް ގޭގެ ޓެރަސްގައި ބާއްވައިގެން ބޮޑުކުރި ރުކެއް ކަމަށް ކެރޮން ވިދާޅުވި އެވެ. އެއީ ބ. ހިތާދޫން ގެނައި ކާއްޓެކެވެ. އެ ކާށި ހަދިޔާ ކުރެއްވީ އިނގިރޭސި ހައި ކޮމިޝަނުގެ ކުރީގެ ކްލައިމެޓް ޗޭންޖު ޕޮލިސީ މެނޭޖަރު އަހްމަދު ފިޒާލެވެ.

އެ ރުކަށް ކެރޮން ދެއްވި ނަމަކީ "ޝައި" އެވެ.

އޭނާ ވަނީ އެ ރުށް ހެދި ބޮޑުވަމުން އައި އެކި ދުވަސްވަރު ބައެއްގެ ފޮޓޯތައް ވެސް އެކްސްގައި ހިއްސާކުރައްވާފައެވެ.

ކެރޮން އަކީ ރާއްޖޭގައި އިނގިރޭސި ވިލާތުގެ އެމްބަސީއެއް އަލަށް ހުޅުވައި، ސަފީރަކަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.

ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރުގެ މަގާމަށް ކެރޮން ވަޑައިގަތީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު 30ގަ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy