ޙަޔާތު
އަރީޝާގެ ބެލުމުން ސަލާމަތް ވާން މައުރޫފް ދޫމާގެ މޫނަށް ބަލައިލިއެވެ. އަދި ވަރަށް ސިއްރުސިއްރުން ވާހަކަ އެއް ބުނެލިއެވެ. ދޫމާ އިސްއުފުލާލާފައި މައުރޫފް އަށް ބަލައިލިއެވެ. މައުރޫފް ބުނިޖުމްލައިން ދޫމާ ގެ މިޒާޖަށް ކުޑަނަމަވެސް ބަދަލެއް އަަތުވެއްޖެ ކަން ޝަފީނާ އަށް ވެސް ފާހަގައި ވިއެވެ. ހަމަ އެހިނދު ދޫމާ އަނެއްކާވެސް އިސްޖަހައިލިއެވެ.
**********
އަރީޝާ ބުނި ވާހަކަ އިން ހަޔާތު ކަނބޮޑުވެ ހާސްވަމުން ދިޔައެވެ. އޭނަގެ ދައްތަ އޭނަޔަށް ނޭނގި މީހަކާ އިންނަން އުޅޭތީއެވެ. އޭނަގެ ދައްތަ އަށް ވެސް ކޮންމެ ވެސް ގޮތަކުން މަޖުބޫރު ކުރީކަން އޭނަގެ ހިތް ބުނަމުން ދިޔައެވެ. އޭނަޔަށްވި މަޖުބޫރު އޭނަގެ ދައްތަ އަށް ވެސް އެމީހުން ކުރާނީ އެވެ. އަމިއްލަ ހިތާއިދެކޮޅަށް ހަޔާތު ފަޒާލް އާއި އިނީ ހަމައެކަނި އޭނަގެ ލޯބިވާ ދައްތަ އަށް ޓަކައެވެ. ހަޔާތު ހާސް ކަމާއި އެކީގައި ދެކޮޅަށް ހިނގަމުން ދިޔައެވެ. ރަށުގައި އޭނަޔަށް އެތަނުގައިވާ ކަންތައް ބުނެދޭނެ މީހަކު ހުރިތޯ ވިސްނަމުން ދިޔައެވެ. ފިރާ ވީ މާލޭ ގަ ކަމުން ފިރާ އަށް ވެސް ރަށުގައިވަމުންދާ ކަމެއް ނޭނގޭނެ ކަން ހަޔާތު އަށް އެނގެއެވެ. ހަޔާތު ވިސްނަމުން ދިޔައެވެ.
"މައުރޫފް."ހަޔާތުގެ ހިތަށް މައުރޫފްގެ ނަން އެރިއެވެ. އަރީޝާ ބުނިގޮތުންވިއްޔާ ދޫމާ މިވަގުު ހުރީ މައުރޫފްގެ ގޭގައެވެ. އެކަމެއް އެހިނގަނީ މައުރޫފްގެ ގޭގައެވެ. ތުރުތުރު އަޅާ އަތުން ފޯނު ނަގައި މައުރޫފްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ފޯނު ބިޒީ ކޮށްލިއެވެ. ހަޔާތުގެ މޫނުމަތިން ކުރިޔަށް ވުރެން ކަނބޮޑުވުން ފާޅުވިއެވެ. މައުރޫފް އޭނަގެ ފޯނު ބިޒީކޮށްލުމުންނެވެ. ކަނބޮޑުވުމާއި އެކީގައި ހަޔާތު ސަފީނާގެ ފޯނަށް ގުޅައިލިއެވެ. އެކޮޅުން ވެސް ފޯނެއް ނުނަގައެވެ. ހަޔާތު ހަދާނެ ގޮތެއް ނޭނގިގެން އެނދުގެ މެދެއްހާ ހިސާބުގައި އިށީނެވެ. އޭނަޔަށް އެކަމުގައި އެހީވެދޭނެ މީހަކު ހުރިތޯ ވިސްނަން ފެށިއެވެ.
"ފަޒާލް."ހަޔާތު އަށް ފަޒާލް މަތިން ހަނދާން ވިއެވެ. އަވަސް އަވަހަށް ފަޒާލްގެ ފޯނަށް ޑައިލް ކޮށްލިއެވެ. ދެވަނަ ރިންގުން ފަޒާލް ފޯނު ނެގިއެވެ.
"ހަލޯ."ފަޒާލް ގެ އަޑުޖެހުމުން ހަޔާތު ކުޑަކޮށް ހަމަޖެހިލިއެވެ.
"އަހަރެން ރަށައްދާން ބޭނުން... އަހަރެން ރަށައް ގެންގޮސްދީ ޕްލީޒް."އާދޭހުގެ ރާގެއްގައި ހަޔާތު ބުންޏެވެ.
"ކުއްލިޔަކަށް ރަށައްދާން ކިހިނެއްވީ؟"ފަޒާލް އަހައިލިއެވެ.
"ޕުލީޒް ސުވާލު ނުކޮށް އަހަރެން ރަށައް ގެންގޮސްދީ."ހަޔާތު އަށް ރޮވޭ ގޮތްވިއެވެ.
"ސުވާލު ކުރެވޭނެދޯ، ތިއީ އަހަރެންގެ އަނބިމީހާ، ކުއްލިޔަކަށް ރަށައްދާން ޖެހޭވަރުގެ ކޮންކަމެއް އޮންނާނީ؟"ފަޒާލް އަނެއްކާވެސް އަހައިލިއެވެ.
"ޕުލީޒް ފަޒާލް، އަހަރެން ރަށައް ގެންގޮސްދީ، ޕުލީޒް."ހަޔާތު އަށް ހަމަރަނގަޅަށް ރޮވިއްޖެއެވެ. ހަޔާތު އިތުރަށް ވާހަކަ ދައްކަން ބޭނުންނުވެ ފޯނު ކަނޑައިލިއެވެ. އަދި ގިސްލަމުން އޭނަގެ މޫނުގައި އަތް އަޅައިލިއެވެ. އޭނަގެ ހިތް މިވަގުތު ބުނަން ނޭނގޭ ގޮތަކަށް ނުތަނަވަސް ވަމުން ދިޔައެވެ. މައުރޫފް ފޯނު ކަނޑައިލުމާއި ޝަފީނާ ފޯނު ނުނެގުމުން ހަޔާތުގެ ހިތް ބިރުގަންނަ ގޮތްވިއެވެ. އޭނަގެ ދައްތަގެ ހާލު ބުނެދޭނެ އެކަކު ވެސް މިވަގުތު އެތާގައި ނެތެވެ.
ހާޔާތު ދޫމާ އާއި ދޭތެރޭގައި މާބޮޑަށް ވިންނަން ފެށުމުން ހަޔާތުގެ ބޮލުގައި ރިއްސައިގަތެވެ. ހަޔާތު މޭމަތީގައި ފިރުމާލަމުން ހިންދިރުވާލިއެވެ. ހީވާގޮތުން ހަޔާތުގެ މެއަށް އުނދަގޫތަކެއްވަމުން ދަނީއެވެ.
ކުއްލިޔަކަށް ހަޔާތު ކޮޅަށް ތެދުވިއެވެ. މަޑުމަޑުން ފިޔަވަޅުތައް އަޅައިލިއެވެ.ލަސްލަހުންނެވެ. ކޮޓަރީގައި ދެކޮޅަށް ހިނގައިލިއެވެ. ބަރު ޖެހިފައިވާ ފިކުރުތައް ބޮލަށްލައިގެންނެވެ. ދުނިޔެއާއި ކުރެވެމުން ދިޔަ ޝަކުވާތައް އަތު އެލުވާލައިގެންނެވެ. ހަޔާތުގެ މާޔޫސްވެފައިވާ ހިތުގެ ކެކުޅުން މޫނުމަތިން ސާފުކޮށް ފެންނަމުން ދިޔައިރު ދެލޮލަށް ބަރުވެފައިވާ ކަރުނަތައް ފައިބަމުން ދިޔައެވެ.
އެގޮތައް ވިސްނަމުން ދެކޮޅަށް މާޔޫސް ކަމާއި އެކީގައި ހިނގާލުމަށްފަހު ނިކުންނަ ދޮރައް ހަޔާތު ނަޒަރު ހުއްޓައިލިއެވެ. މަޑުފިޔަވަޅުގައި ގޮސް ކޮޓަރިން ބޭރަށް ނިކުތެވެ. އޭނަގެ ދައްތަ އާއި މެދު ކަނބޮޑުވުމާއި އެކީގައި ޔޮޓުގައި ދެކޮޅަށް އަނެއްކާވެސް ހިނގަން ފެށިއެވެ. ފަޒާލްގެ ފަރާތުންވެސް އޭނަޔަށް އެހީއެއް ނުލިބުމުން ލިބުނު މާޔޫސްކަން ކުރިޔަށް ވުރެން ބޮޑުވިއެވެ.
ހަޔާތު ޔޮޓުގެ ދެފަރާތައް ނަޒަރު ހިނގައިލިއެވެ. އެބޮޑު ޔޮޓުގައި އޭނަ އާއި އެކީގައި ތިބީ ކެޕްޓަނަކާ ދެތިން ފަޅުވެރިންނެވެ. ފަޒާލް ދިޔަގޮތައް އަދިވެސް ނާދެއެވެ. އޭނަ އެދިޔައީ ކޮންތާކަށް ހެއްޔެ؟ ހަޔާތު ވިސްނަމުން ދެކޮޅަށް ހިނގަމުން ދިޔައެވެ. އެވަގުތު އެތަނުން ކޮޓަރިޔަކުން ވެއިޓަރަކު ތަބަކެއް ހިފައިގެން ނިކުތް ތަން ހަޔާތު އަށް ފެނުނެވެ. ވެއިޓަރު ދޮރުލައްޕާ ލާފައި ތަބަށް ހިފައިގެން ހަޔާތު އާއި ދިމާ ލަށް އައެވެ. ހަޔާތު އާއި އަރާ ހަމަވެފައި އެމީހާ އަނދަބު އިޙްތިރާމް އަދާކުރިއެވެ. އަދި ކުރިޔަށް ހިނގާލާފައި ދިޔައެވެ. ހަޔާތު ދެއަތުން މޫނުފުހެލަމުން މަޑުމަޑުން ކުރިޔަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އަދި ވެއިޓަރު ނިކުތް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފައިލިއެވެ. މަޑުމަޑުން ދޮރުހުޅުވައިލިއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިނގައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
ކޮޓަރިތެރޭގައި އެއްވަހަކަށް ހިފާފައިވަނީ ކުލަވަހެވެ. ހަޔާތު ނޭފަތުގައި އަތް އަޅައިގެން އެތެރެއަށްވަނެވެ. އެކިދިމަދިމާލުގައި ބަހައްޓާފައިވާ ކުރެހުން ތަކައް ހަޔާތު ބަލައިލިއެވެ. ހަޔާތު އަށް ކުރިމަތީގައި ހުރި ކުރެހުން ފެނުމުން ހުއްޓިލެވުނެވެ. އެކުރެހުމުގައިވާ ސޫރަ ތަކަށް ހަޔާތު ބަލަމުން ދިޔައެވެ. އެއީ ހަޔާތު އަށް އޮޅޭނޭ ސޫރަ ތަކެއް ނޫނެވެ. ކުރިމަތީގައި ހުރި ކުރެމުގައިވަނީ ހަޔާތު އާއި ދޫމާ އެވެ. މަގުގެ އެއް ފަރާތެއްގައި ޓްރެފިކް ލައިޓްގެ ދަށުގައި ވީލްޗެއާ އެއްގެ މަތީގައި އިން ދޫމާގެ މޫނަށް ބަލަހައްޓައިގެ ކުޑަކަކޫ ޖަހައިގެން އިން ހަޔާތުގެ ސޫރައެވެ. އެކުރެހުން ގެނެސްދީފައިވާ ލެއް ފުރިހަމަ ކަމުން ހަޔާތުގެ ޙާއިރާން ކަން އިތުރުވިއެވެ. އެއީ ހަޔާތު އާއި ފަޒާލްގެ ކައިވެނީގެ ވާހަކަ ދެކެވުނުރޭ އޭނަ މައުރޫފް އާއި ބައްދަލުކުރަން ދޫމާ ގޮވައިގެން ގެއިން ނިކުމެގެން ދިޔަ ރޭގެ މަންޒަރެކެވެ. އެދެކުދިންނާ ދުރުގައި ކާރެއް ގެ އަލި އެޅިފައިވާ ޒުވާނާގެ ސިފަ އެއް ފެންނާކަށް ނެތެވެ. ހަމައެކަނި ފެންނަމުން ދިޔައީ އެޒުވާނާގެ ފުރަގަހެވެ. ހަޔާތު ކުރެހުމާއި ދިމާ ލަށް ބަލަހައްޓައިގެން އިރުގަނޑަކު ހުރެވުނެވެ. އަދި ތިރީގައި ލިޔެފައިވާ ލިޔުން ކޮޅު ކިޔާލިއެވެ.
" الحب نقي ..... ޕިޔޯ ލަވް."ކުރެހުމުގެ ތިރީގައި ލިޔެފައިވިއެވެ.
އެކުރެހުމުން ނަޒަރު ނައްޓާލަމުން ގޮސް ހުޓުނީ ވެޑިން ޑްރެސްގައި ފެންސް ކައިރީގައި ހުއްޓިހުރި ހަޔާތުގެ ކުރެހުމަކަށެވެ. ތިރީގައި ލިޔެފައިވާ ލިޔުން ހަޔާތު ކިޔާލިއެވެ.
" لا تفقد الأمل أبدًا، فأنت لا تعرف أبدًا ما قد يحمله الغد. ނެވަރ ލޫސް ހޯޕް، ޔޫ ނެވަރ ނޯ ވަޓް ޓުމޯރޯ މޭ ބުރިންގް." ހަޔާތު ޙައިރާން ކަމާއި އެކީގައި ލިޔުމަށް ބަލަމުން ދިޔައެވެ. ދެބަހުން ލިޔެފައިވާ ލިޔުން މުން ހަޔާތު އަށް އެނގުނީ ހަމައެކަނި އިނގިރޭސިން ލިޔެފައިވާ ބައެވެ.
ވެޑިންޑްރެސްގައި ހުރި އޭނަގެ ކުރެމާއި އެލިޔުމާއި ހުރީ ކޮންގުޅުމެއް ހެއްޔެ؟ އެކުރެހި މީހަކަށް އޭނަގެ ހިތުގައިވާ އެތި އިނގެނީ ހެއްޔެ؟ އޭނަ އަކީ ގޮތްހުސްވެފައިވާ މީހެކަން އެމީހަކަށް ރަނގަޅަށް އެނގެނީއެވެ. މާދަމާ އޭނަޔަށް ގެނެސް ދޭނީ ކޮންކަމެއްހެޔެ؟ އެކުރެމުން ނަޒަރު ނައްޓާލަމުން ދެން ހުރި ކުރެހުންތަކަށް ބަލަމުން ދިޔައެވެ. އަނެއްކާވެސް ހަޔާތުގެ ޙައިރާން ކަން އިތުރުވާ ކުރެހުމަކަށް ނަޒަރު ހުއްޓުނެވެ. ހަޔާތު ގެ ކުރެހުމެކެވެ. އޭނަ ގޮނޑު ދޮށުގެ ހުރި މަންޒަރު މީހަކު ކުރަހާފައިއެވަނީ ވަރަށް ވެސް ފުރިހަމަކޮށެވެ. އެއީ އޭނަ ފަޒާޒް އާއި އެކީގައި ކާރު ދުއްވާލަން ދިޔަރޭގެ މަންޒަރަރެކެވެ. ދުރުން ނަގަމުން އަންނަ ރާޅުތަކަށް ބަލަހައްޓައިގެން ހުރި އިރު ލޮލުން ކަރުނަ އައިސްފައިވާ މަންޒަރެވެ. ހަޔާތު އެއްފަރާތެއްގައި ލިޔެފައިވާ ލިޔުން ކޮޅު ކިޔައިލިއެވެ.
" في بعض الأحيان يبدو أن أحلامك لن تتحقق، ولكن هذا فقط لأن هناك أحلام أفضل في طريقها. ސަމްޓައިމްސް އިޓް ލުކް ލައިކް ޔުއަރ ޑްރީމްސް ވޯންޓް ކަމް ޓުރޫ. ބަޓް ދެޓްސް ޖަސްޓް ބިކޯސް ބެޓަރ ވަންސް އާރ އޮންދެއާރ ވޭ." ހަޔާތު އިނގިރޭސިން އޮތް ލިޔުން ކޮޅު ތަކުރާރު ކޮށް ކިޔަމުން ދިޔައެވެ.
"މިއީ ކާކު ގެ ކަމެއްބާ؟"ހަޔާތު އަމިއްލަ ހިތާ ސުވާލު ކޮށްލިއެވެ. ވަށައިގެންވާ އެހެން ކުރެހުންތައް ވެސް ބަލަމުން މަޑުމަޑުން ކޮޓަރި ތެރެޔަށް ނަޒަރު ހިނގަމުން ދިޔައެވެ. އެތަނުގައި ކުރަހާފައި ވާ އެހެން ކުރެހުން ތަކުގައިވެސް ލިޔެފައިވާ ރީތި ލިޔުން ތައް ކިޔަމުން ހަޔާތު ފަހަރަކު ކުރެހުމެއް ބަލަމުން ދިޔައެވެ. އެއިން ކޮންމެ ކުރެހުމަކަށް ހަޔާތު ހިތާހިތުން ތައުރީފް ކުރަމުން ދިޔައެވެ. މިކުރެހުންތައް ކުރަހާފައިވާ ކުރެހުން ތެރިޔަކީ މޮޅު މީހެއްކަން ޔަގީނެވެ. އޭނަގެ އެފަންނުގެ ކުޅަދާނަކަމަށް ހަޔާތު ތައުރީފް ކުރަމުން ދިޔައެވެ. އަނެއްކާވެސް ހަޔާތު އަށް ހުޓިލެވުނެވެ. ކަވަރު ކޮށްފައިވާ ކެންވަސް އެއް ފެނުމުނެނެވެ. ހަޔާތު އެކުރެހުމުގައި އަޅާފައިވާ ކަވަރު ނަގަން އުޅުނު ވަގުތު ހަޔާތު ގެ ފޯނަށް މެސެޖެއް އައެވެ. ހަޔާތު ކުރެހުމުގައިވާ ކަވަރު އެއްކޮށްނުނަގާ ތިރިކޮށްލިއެވެ. އަދި ފޯނަށް އައި މެސެޖް ބަލައިލިއެވެ. ހަޔާތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަރީޝާ ހަޔާތު އަށް ފޮނުވީ ދޫމާ އާއި މައުރޫފްގެ ފޮޓޮއެކެވެ. އެދެމީހުން ރަންކީ ތަނުގެ ފޮޓޮއެކެވެ. ހަޔާތު ގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ބޮލަށް އެނބުރު އަރާގޮތް ވިއެވެ. ފަހަތަށް ފިޔަވަޅު އެޅުނު ވަގުތު ހަޔާތު ބަލަން އުޅުނު ކުރެހުމުގައި ޖެހިފައި ކުރެހުން ވެއްޓުނެވެ. ކުރެހުން ވެއްޓުނު ވަގުތު ކުރެހުމުގައިވާ ކަވަރު އެއްފަރާތަކަށް ކެހިގެން ދިޔައެވެ. ހަޔާތު އަށް ބެލެމުން ދިޔައީ އަތުގައި އޮތް މޯބައިލް ފޯނަށެވެ. ތިރީގައިވާ ލިޔުން ކިޔާލެވުނެވެ.
"މައުރޫފް އަކީ މިހާރު ހަޔާތުގެ ޅިޔަނު.. ދޮންތަބޭ ކިޔަން އާދަކުރޭ."އަރީޝާ ލިޔެފައިވައިވާ ލިޔުން ކޮޅު ކިޔާލިއެވެ.
ހަޔާތުގެ އަތުން ފޯނު ދޫވިއެވެ. ބޮލަށް އެނބުރުން އަރާ ގޮތް ވިއެވެ. މަޑުމަޑުން ހަޔާތު ކުރިޔަށް ފިޔަވަޅު އަޅަމުން ނިކުންނަ ދޮރާއި ދިމާ ލަށް ދިޔައެވެ. މީހާރު ތުރުތުރު އަޅަމުން ދިޔައެވެ. މުޅި ދުނިޔެ އެނބުރޭހެން ހަޔާތު އަށް ހީވާން ފެށިއެވެ. މޫނުމައްޗަށް އަނދިރިވާގޮތް ވަމުން ދިޔައެވެ. ހިތްވަރު ކޮށްލާފައި ހަޔާތު އެކޮޓަރިތެރެއިން ބޭރަށް ނިކުތެވެ.
ހަޔާތު ޔޮޓުގެ ކޮޅައިހަމަޔަށް އާދެވުނުކަމުގެ އިޙްސާސްވީ ފެންސްގައި ޖެހުމުންނެވެ. ކުރިމަތި އަނދިރިކަމުން ތަނެއް ދޮރެއްނޭނގެއެވެ. މޫނުމައްޗަށް އަނދިރިވަމުން ދިޔައެވެ. އޭނަގެ މުޅިދުނިޔެ ބަދަލުވެގެން ހިނގައްޖެއެވެ. އޭނަ އެންމެ ލޯބިވާ ދެމީހުން އޭނަޔަށް އޮޅުވާލީ ކީއްވެގެން ހެއްޔެވެ. އޭނަ އެންމެ އިތުބާރު ކުރި ދެމީހުން އޭނަޔަށް އޮޅުވާލީއެވެ. ހަޔާތު އަށް ގިސްލެވެން ފެށިއެވެ.
****************************
ހަޔާތު އަށް ހޭވެރިކަމެއްވީ މޫނުމަަށްޗަށް އިރުގެ އަލިއެޅުމުންނެވެ. ވަރުބަލި ގޮތަކަށް ކެއްސާލަމުން ހަޔާތު އަށް ފުރޮޅިލެވުނެވެ. ހަޔާތު އޭނަ އޮތީ އޭނަގެ އެނދުގައި ނޫންކަން އިޙްސާސް ވުމުންފުންމައިގެން ތެދުވެވުނެވެ. ވަށައިގެންވާ މާހައުލަށް ބަލާލެވުނެވެ. ކައިރީގައި ޒުވާނަކު ނިދާފައި އޮތެވެ. ހަޔާތު ދެލޯ ބޮޑުކޮށްގެން ބަލަމުން ދިޔައެވެ. އޭނަ އެޔޮތީ ދޮންވެލިގަނޑެއްގެ މަތީގަކަން އިޙްސާސް ކުރެވުނީ މާފަހުންނެވެ. ހަޔާތު ކަނބޮޑު ވުމާއި އެކީގައި ވެލިގަނޑުމަތިން ތެދުވިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ މާސިންގާ ކަނޑެވެ. އޭނަ އެތަނަށް އައީ ކިހިނެއް ހެޔެވެ. ހަޔާތު ލައިގެން އޮތް ހެނދުން ވަނީ ތެމިފައެވެ. ވެލިގަނޑުމަތީގައި ނިދާފައި އޮތް ޒުވާނާ އަށް ބަލައިލިއެވެ.
"އެއީ ކާކު؟އަހަރެން މިތަނަށް އައީ ކިހިނެއް؟"ހަޔާތު ހިތާ ހިތުން ސުވާލު ކޮށްލިއެވެ.
ހަޔާތު ވެލިގަނޑުމަތީގައި ނިދާފައި އޮތް ޒުވާނާ އާއި ދިމާ ލަށް ދިޔައެވެ. އަދި ގޮވާލަން އުޅުނު ވަގުތު އެޒުވާނާ ފުރޮޅިލިއެވެ. ޒުވާނާގެ ރީތިކަން ހަޔާތުގެ ހިތުގެ ވިންދު އަވަސް ކޮށްލިއެވެ. ގޮވާލަން އަތް ގެންދިޔަގޮތަށް އެހިސާބުގައި ހަޔާތު އަށް އަތް ހުއްޓާލެވުނެވެ. ދެލޯ ބޮޑުކޮށްގެން ބަލަމުން ދިޔައެވެ.
"މިއީ ކާކުބާ؟ރޭގައި އަހަރެންނަށް ވީ ކިހިނެއް؟"ހަޔާތު ހަނދާން ކޮށްލިއެވެ.
އޭނަ ގެ ހަނދާނަށް އެއްވެސް ކަމެއް ނައެވެ. އެކަމަކު އޭނަ އެތަނަށް އައި ގޮތަކާ މެދު ވިސްނަމުން ދިޔައެވެ. ޒުވާނާގެ މޫނަށް އިރުގެ އަލި އެޅެން ފެށުމުން އުނދަގޫ ވާގޮތް ވާން ފެށިއެވެ. އަތް ނަގައި އިރާއި ދިމާ ލަށް ދިއްކޮށް މޫނަށް އެޅެމުން އައި އަލި ހުއްޓުވަމުން ދިޔައެވެ. އިރުގެ އަލިން އުނދަގޫވަމުން ދިޔަ ޒުވާނާ އަށް ބަލަމުން ހަޔާތު ދިޔައެވެ. ޒުވާނާ މަޑުމަޑުން ލޯހުޅުވައިލިއެވެ. އެވަގުތު އޭނަޔަށް ބަލަން އިން ހަޔާތުގެ ސޫރަ ފެނިގެން ދިޔައެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ސުވާލުތައް ކުރެހެމުން ދިޔަކަހަލަ އެވެ. ޒުވާނާ އަވަސް އަވަހަށް ފަހަތަށް ޖެހިލިއެވެ. ހަޔާތުގެ ތޫނު ނަޒަރުން ގަތުލުވާން ހެން ހީވުމުންނެވެ. ޒުވާނާ ތެދުވެ ހަމަ ނުޖެހިގެން އުޅެނިކޮށް ހަޔާތު ސުވާލު ކޮށްލިއެވެ.
"ކާކުތީ؟ އަހަރެން މިތަނަށް އައީ ކިހިނެއް؟"ހަޔާތު އަވަސް އަވަހަށް ސުވާލު ކޮށްލިއެވެ. ޒުވާނާ އަވަސް އަވަހަށް އިސްޖަހައިލިއެވެ.
"އަހަރެން މިއީ ކާކުކަން ހަޔާތު އަށް ބުނެދޭނީ ކިހިނެއް؟ އަހަރެންގެ ސޫރަ ހަޔާތު އަށް އެފެނުނީ." ފަޒާލް ހިތާ ހިތުން ބުނެލިއެވެ.
"އެކަމަކު އަހަރެންގެ އަޑު ހަޔާތު އަށް ފާހަގައި ވާނެ. އަދި އަހަރެންގެ ދެލޯ... ހަޔާތު ރަނގަޅަށް ވިސްނާލައިފިއްޔާ އަހަރެންގެ ދެލޮލުން އޭނަ އަށް އެނގޭނެ." ފަޒާލް ހިތާ ހިތުން ބުނެލިއެވެ.
"ކާކުހޭ ތިއީ؟ ޖަވާބު ދީބަލަ؟ އަހަރެން މިތަނަށް އައީ ކިހިނެއް؟"ހަޔާތު ސުވާލު ކޮށްލިއެވެ. ފަޒާލް އެއްވެސް އެއްޗެއް ނުބުނެ ހިމޭން ކަމާއި އެކީގައި އިނީއެވެ. ހަޔާތު ފަޒާލް އަށް ދެލޯ އަޅާލަމުން އަނެއްކާވެސް މޫދާއި ދިމާ ލަށް ބަލައިލިއެވެ.
"އެއްވަރުގެ ކަންތައް. މިއޮތް ހުރިހާ ދުވަހު ކަނޑު މެދުގައި އެއްވެސް ތަނެއް ނުފެނި. އެއްގަމަށް އާދެވުނު އިރު ފަޅު ރަށަކަށް. ކިހާ ބޮޑު ކަމެއް."ހަޔާތު އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން މޫދާއި ދިމާ ލަށް ދިޔައެވެ. ހަޔާތު ބުނި ޖުމްލަ ރަނގަޅަށް ފަޒާލް އަށް އިވުނެވެ.
ރޭގައި ވީކަންތައް ހަޔާތު ހަނދާން ނެއްކަން ފަޒާލް އަށް ޔަގީން ކުރެވުނެވެ. އޭނަ ޔޮޓުގެ ރެސްޓޯރަންޓް ބައިގައި ފޯނެއްގައި އިންދާ ހަޔާތު އެދިމާ ލަށް ތަންތަނުގައި ހިފަހައްޓައިގެން އައިތަން ފެނުމުން ވީކިހިނެއްތޯ ބަލަން ފަޒާލް އެދިމާ ލަށް ނިކުތީއެވެ. އެވަގުތު ހަޔާތު ރޮނީކަން އެނގުނެވެ. އޭގެ ގަޑިއެއްހާއިރުކުރިން ގުޅާފައި ރޯންފެށިގޮތައް އަދިވެސް ހުއްޓައިނުލަނީކަން ފަޒާލް އަށް ވިސްނުނެވެ. އޭނަޔަށް ހަޔާތު ރޮމުންދާ ސަބަބު ރަނގަޅަށް އިޙްސާސް ކުރެވުނެވެ. އޭނަގެ އެކަނި ވެރިކަމާއި މައުރޫފް ދޫމާ އާއި އިންނަން އުޅޭތީއެވެ. މައުރޫފް ދޫމާ އާއި އިންނަން އުޅޭ ހަބަރު ފަޒާލް އަށް ވެސް ލިބުނީ ދެންމެއެވެ. އެކަމާ ފަޒާލް ވެސް ޙައިރާން ވިއެވެ. އެފަދަ ބޮޑުކަމެއް ކުރަން މައުރޫފް ނިންމީތީއެވެ. އިތުރަށް އެކަމާ ބެހޭ ގޮތުން ވިސްނަން ހުއްޓާ ފަޒާލް އަށް އިވުނީ މޫދު ލޮލުގަނޑުގައި ބާރަށް އެއްޗެއްޖެ ވެއްޓި ޖެހުނު އަޑެއެވެ. ފަޒާލް އަށް ހޭވެރިކަން ވުމާއި އެކީގައި އަޑުއައި ދިމާ ލަށް ފަޒާލް ވެސް ފުންމާލީއެވެ.
ޔޮޓު އިއްޔެ މަޑުކޮށްލައިގެން އޮތީ އެދިމާ ގައި އޮންނަ ފަޅު ރައްތަކެއްގެ ކައިރީގައި ކަމުން ފަޒާލް އަށް ހަޔާތު ގޮވައިގެން ފަތާފައި އެދިމާ ލަށް އަންނަން އެނގުނީއެވެ. އެހެން ނޫންނަމަ ރޭގައި އެދެމީހުން އެއްކޮށް ކަނޑުވީއެވެ. ހަޔާތު ފުންމާލީ ކަމެއް ވެއްޓުނީ ކަމެއް ފަޒާލް އަކަށް ވެސް ނޭނގެއެވެ.
ފަޒާލް މޫދުގެ ލޮނުގަނޑާއި ކުޅެމުން ދިޔަ ހަޔާތު އަށް ބަލައިލިއެވެ. އޭރުވެސް ހަޔާތު ރޮނީ ކަން އެނގުނެވެ. އިރުއިރުކޮޅާ ހަޔާތު ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލައެވެ. ފަޒާލް ވެލިގަނޑުގެ މަތިން ތެދުވެ ހަޔާތު އާއި ދިމާ ލަށް ހިނގައިގަތެވެ. ހަޔާތު އާއި ކައިރިވެލަމުން ހަޔާތު އަށް ބަލާލިއެވެ. ހަޔާތު ހުރީ ދުރުން ދުރުން ފެންނަމުން ދިޔަ ކުދިކުދި ރައްތަކަށް ބަލާށެވެ. ފަޒާލް އެއްޗެއް ހަނދާން ވުމުން ކުއްލިޔަކަށް ޖީބުގައި އަތް ޖައްސާލިއެވެ. އަދި ފޯނުނަގައި ބަލައިލިއެވެ. އުފާވެރި ގޮތަކަށް ފަޒާލް އަށް ހިނިތުން ވެވުނެވެ. އަދި އަވަސް އަވަހަށް މެސެޖެއް ޓައިޕް ކޮށްލާފައި ޔާސިރު އަށް ފޮނުވައިލިއެވެ. ފޯނު ޖީބަށް ލުމަށް ފަހު ހަޔާތު އާއި ކައިރިވެލިއެވެ. ފަޒާލް ހަޔާތު އޭނަޔާއި ދިމާ ލަށް އަނބުރާލަން ހަޔާތުގެ ކޮނޑުގައި އަތް ޖައްސާލިތަނުން ހަޔާތު ރުޅިއައިސްފައި ފަޒާލްގެ ކަންފައިތްމަތީގައި ޖެހިއެވެ.
"ހަބަރުދާރު. އަތްލާން ހިތަށް ވެސް ނާރުވާތި." ހަޔާތު ހަރުކަށި ބަސްތަކުން ބުނެލިއެވެ.
ފަޒާލް ވީތަދުން އެއްފަރާތައް މޫނު އަނބުރާލެވުނެވެ. ކަންފަތް މަތީގައި އަތް އަޅައިގެން އެނބުރި ގޮސް ވެލިގަނޑުމަތީގައި ދެފައި ވައްކޮށްގެން އިށީނެވެ. ފަޒާލް ހަޔާތު އަށް ބަލައިލިއެވެ. އޭރުވެސް ހަޔާތު މޫދުގެ ލޮނުގަނޑާ ފައިން ކުޅެމުން ދިޔައެވެ. ދެންމެ ހަޔާތު ފަޒާލް އާއި ދިމާ ލަށް ބުނި ޖުމްލަ ހަނދާން ވިއެވެ. ފަޒާލް ގެ ޖީބުގައި އޮތް ފޯނަށް މެސެޖެއް އައިކަން އެނގުމުން ފަޒާލް ފޯނުނަގައި ބަލައިލިއެވެ. ފަޒާލް ދެލޯ އަޅާލަމުން މެސެޖް އައި ނަމްބަރަށް ފޯނު ކޮށްލިއެވެ.
"ދެން ސަކަރާތް ނުޖަހާ އަވަހަށް ބަލާއާދޭ. ފަޅުރަށެއް ގައި ތިބޭނީ ކިހިނެއް؟"އެކޮޅުން ފޯނު ނެގުމުން ވަރަށް މަޑުމަޑުން ބުންޏެވެ.
"ދެން އެންޖޯއީ ކޮށްލާ. މިއީ ފުރުސަތެއް. ނުވެގެން އުޅޭ ކަންތައް ކޮށްލާ. ހަޔާތު ގެ ހިތް ހާސިލް ކުރޭ. އަހަރުމެން ދާން ވަރަށް ވަގުތު ނަގާނެ."ލާނެއް ރާގެއްގައި ޔާސިރު ބުނެލި އަޑު އިވުނެވެ.
"ސަކަރާތް ނުޖަހާ. ހަޔާތު އަށް ވިސްނާލަބަލަ. ރޭއްސުރެން އޭނަ އެއުޅެނީ އެއްޗެއް ނުކައި."ފަޒާލް ވައި އަޑުން ބުންޏެވެ.
"ދެން ކޮންމެހެން ބަހަނާ އެއް ދައްކާނެކަމެއް ނެތް. ކީއްކުރަން ޓައިޓޭނިކް ކުޅުނީ. ކަނޑަށް ޖެހޭތަ ފުންމާލަން." ޔާސިރުގެ އަޑު އިވުނެވެ.
"އަޅެ ފުންމާ ނުލާ ކިހިނެއްތަ ހަޔާތު ސަލާމަތް ކުރާނީ؟ ދައްކާ ވާހަކަ."ފަޒާލް މަޑުމަޑުން ބުންޏެވެ.
ހަޔާތު ގޮނޑުދޮށުގައި ހިނގަމުން ދިޔައެވެ. އެދިމާލުން އެއްވެސް އެހީއެއް ވޭތޯއެވެ. ތަންކޮޅެއް ދުރުގައި ދެތިން ޔޮޓް އޮތެވެ. ކިރިޔާ ފެންނަ ހިސާބުގައި ދެތިން ދޯނިމަޑުކޮށްލައިގެން މަސްބާނަން އޮތެވެ. ހަޔާތު ވިސްނައިލިއެވެ.
"މިއީ ރަށާ މާދުރުނޫން ހިސާބެއް. އަހަރެންނަށް ރަށައް ދެވިދާނެ."ހަޔާތުގެ ތުންފަތް މައްޗަށް އުފާވެރިކަމުގެ ހިނިތުން ވުމެއް ވެރިވިއެވެ.
******************
ފިހާރަ ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ބޯޑުބަދަލު ކޮށްލިއެވެ. ފަހަތުން ފިހާރައިގައި މަސައްކަތް ކުރާ ދެޒުވާން ކުދިން އެތެރެއަށް ވަނެވެ. މައުރޫފް މޭޒުދޮށުގައި އިށީންނަމުން ފޯނު ނަގައި އޮންކޮށްލިއެވެ.
މައުރޫފް ގޮނޑީގައި ހަމަޖެހިލަމުން އައިސްފައިވާ މެސެޖްތައް ބަލަމުން ދިޔައެވެ. ރޭގައި ރަންކިޔާ ތަނުގައި އިންދާ ހަޔާތުގެ ފޯނު އައުމުން ގަސްތުގައި މައުރޫފް ފޯނު ނިވައިލީއެވެ. އޭނަ އެވަގުތު ހަޔާތު އާއި ދައްކާނެ ވާހަކަ އެއް ނެތުމުންނެވެ. ހަޔާތުގެ މެސެޖެއް އޮތްތޯ ބަލައިލިއެވެ. ހަޔާތުގެ މެސެޖެއް ނެތުމުން ފޯނު އެއްފަރާތެއްގައި ބޭއްވިއެވެ. އޭނަ ކުރަން އެދާކަމަކާ މެދު އަދި އެއްފަހަރު ވިސްނާލަން ޖެހޭކަން އޭނަޔަށް އިހްސާސް ވަމުން ދިޔަކަހަލަ އެވެ. ހާސްވެކަނބޮޑުވެފައިވާ މީހެއްހެން ގޮނޑީގައި ލެނގިލިއެވެ. އަދި އަތުގެ އިނގިލިތަކުން އިސްތަށިގަނޑުގައި ފުނާ އަޅާލަމުން ކަނދުރާގައި އަތް އަޅުވައިލިއެވެ. އެއާއި އެކީގައި ފުން އާޙް އެއް ބޭރު ކޮށްލިއެވެ. އެވަގުތު މައުރޫފްގެ ފޯނު ރިންގުވާން ފެށިއެވެ. މައުރޫފް ފޯނަށް ބަލައިލިއެވެ. ޝަފީނާގެ ފޯނެކެވެ.
"ހަލޯ މައުރޫފް އަވަހަށް ގެޔަށް އާދެބަލަ."މައުރޫފް އަށް އެއްޗެއް ނުބުނެވެނީސް ޝަފީނާގެ ރުއިމުގެ އަޑުއިވުނެވެ.
"ކިހިނެއްވީ ދައްތާ؟"މައުރޫފްގެ މޫނުމަތިން ކަނބޮޑުވުން ފާޅުވިއެވެ.
"އަވަހަށް ގެޔަށް އާދޭ... ދޫމާ..."ޝަފީނާ އަށް ރޮވޭވަރުން ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ.
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ކޮމެންޓް