ދެއްވަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު ތިން މައްސަލަ އެކުއެކީ ހައްލު ކުރެވޭތޯ ބަލާނަން: ރައީސް

ރައީސް މުއިއްޒު ގއ. ދެއްވަދޫގައި ވާހަކަފުޅު ދައްކަވަނީ --

ގއ. ދެއްވަދޫއަށް މިވަގުތު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ރަށް ގިރުމާއި ކުނިކޮށީގެ މައްސަލައަށް އެކުއެކީގައި ހައްލު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފި އެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ދެއްވަދޫއަށް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، މި އަހަރުގެ ބަޖެޓުގެ ތެރެއިން ރަނގަޅު ހައްލެއް ހޯއްދައިދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން، ގއ. ދެއްވަދޫގެ ރައްޔިތުންނަށް ދެއްވާފަ އެވެ.

ދެއްވަދޫ ކައުންސިލުން ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން ތިން މައްސަލަ އެކުގައި ހައްލުވާނެ ވަށާޖެހޭ ހައްލެއް ހޯދުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިހާރު ފެށި، ހުއްޓިފައިވާ މަސައްކަތްތައް އަލުން ހިންގަން ފަށާއިރު ރަށް ގިރުމުގެ މައްސަލަ އާއެކު ބަނދަރަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ބިމުގެ ޖާގަ އިތުރުކޮށް، ކުނިކޮށީގެ މައްސަލައަށް ޙައްލު ލިއްބައިދެނިވި ގޮތަކަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މި ހައްލު ލިބުމާއެކު މަސްވެރިން ވެސް ހިމެނޭނެހެން ރަށުގެ ހުރިހާ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބޭނެކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މި ރަށުގެ އައިސްޕްލާންޓްގެ މަސައްކަތް ހުއްޓިފައި ހުންނަތާ ތިން އަހަރު ވެފައި ވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އައިސްޕްލާންޓް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

ހަމަ އެއާއެކު އިތުރު އައިސްޕްލާންޓެއް ގެނެސް އޮޕަރޭޝަންތައް ފެށުމަށް ފިޝަރީޒް މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

މި އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ އިސްކަމެއް ދޭ ދާއިރާ ތަކުގެ ތެރޭގައި ސިއްހީ އަދި ތައުލީމީ ދާއިރާ ހިމެނޭ ހިނދު، ގއ. ދެއްވަދޫގެ ސިއްހީ މަރުކަޒުގައި އިތުރު ފެސިލިޓީތައް ގާއިމުކޮށް، ކުޑަކުދިންގެ ޑޮކްޓަރަކާއި، އެކްސްރޭގެ ހިދުމަތް ހަމަޖައްސަވައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ދެއްވަދޫ ފަދައިން ޖިއޮގްރަފީ ގޮތުން އެކަހެރި، އަދި ދުރު ދަތުރުތައް ކުރަންޖެހޭ ސަރަހައްދުތަކަށް ސީ-އެމްބިއުލާންސް ހިދުމަތް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭއިރު، އެ މަސައްކަތްތައް ވެސް މިހާރު ފަށްޓާފައި ވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ސުކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލު ހަމަޖައްސައިދޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޓަކައި ކުޅިވަރަކީ ހުރިހާ ރައްޔިތުންނަށް ވެސް މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރައްވައި، ރައީސް ވަނީ، ދެއްވަދޫގެ އަންހެން ކަނބަލުން އެދިފައިވާ ފަދައިން ވޮލީ ކޯޓަކާއި، ދަނޑުގެ ސަބް-ބޭސް ހެދުމާއެކު ޓާފް އަޅައި ދަނޑު ނިންމައިދިނުން ފަދަ، ކުޅިވަރުގެ ދާއިރާއިން ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެގޮތުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސީއެސްއާރްގެ ދަށުން އެ ރަށުގައި އައުޓް-ޑޯ ޖިމެއް ތަރައްގީ ކުރެވެމުންދާ ކަމާއި، ދާދި އަވަހަށް އެ ހިދުމަތް ވެސް ލިބެމުންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައްޔިތުން ފާޅު ކުރި ހިޔާލުތައް ބަލައިގަންނަ ކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވީހާވެސް ޕޮޒިޓިވް ގޮތެއްގައި އުންމީދު ކުރުމަށް އެދިވަޑައިގެންފަ އެވެ.

ސަރުކާރުން ބޭނުން ވަނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށްދިނުން ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އަދުގެ ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި ސާބިތުކަމާއެކު ރައްޔިތުންގެ ހިދުމަތުގައި އޮތް ސަރުކާރެއް ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy