ކައުންސިލްތަކުގެ ޚަރަދު ކުޑަކުރުމަށް ރައީސް މުޢިއްޒު އައު ހުށަހެޅުމެއް ރައްޔިތުންގެ ޚިޔާލަށް ދޫކޮށްލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ލޯކަލް ކައުންސިލްތަކުގެ ޚަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައު ގޮތްތަކެއް ހުށަހަޅުއްވާ އާއްމުންގެ ޚިޔާލަސް ދޫކޮށްލައްވައިފިއެވެ.

އެމަނިކުފާނުގެ މި ހުށަހެޅުއްވުން ހުށަހަޅުއްވާފައި ވަނީ ހުވަދޫ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައެވެ.

ރައީސް މުޢިއްޒު ހުށަހެޅުއްވި ގޮތުގައި، ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސްއަށް އެކަނި ފުލްޓައިމް މުސާރަ ދިނުމަށްފަހު، އެހެން މެންބަރުންނަށް ބައްދަލުވުންތަކަށް ހާޒިރުވާ މިންވަރަކުން އެލަވަންސް ދިނުމަކީ ޚަރަދު ކުޑަކުރެވޭނެ ގޮތެކެވެ.

މި އުސޫލު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސިޓީ ކައުންސިލްތަކަށްވެސް އަމަލު ކުރެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ޢަމަލުކުރާ ގޮތްކަމަށް ފާހަގަކުރެއްވިއެވެ.

ކުރިން ހުށަހެޅުއްވި ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ޚިޔާލާ ގުޅިގެން ބައެއް ފަރާތްތަކުން ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މި އައު ހުށަހެޅުމުން އެ ކަންބޮޑުވުމަށް ޙައްލު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިތުރު ފައިސާ ޚަރަދުކުރެވޭނެ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ނިންމޭނެ ކަމެއް ކަމަށް ވިދާޅުވެ، މި ކަމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލުތައް ހިއްސާކުރުމަށް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy