ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް ޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ނިޔާގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
އޭގެ އިތުރުން ކާރުގެ ފަހަތު ސީޓުގައި އިން މީހައަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެގެން އެއާޕޯޓު ކުލިނިކުގައި ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް އޭނާއަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.
މިއެކްސިޑެންޓާ ގުޅޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމު ކޮށްފަ އެވެ.
އެ ވީޑިއޯން ފެންނަނީ ކުރީގައި އޮތް ޕިކަޕުގެ ދަށުވެފައި އޮންނަ ކުޑަ ކާރެކެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ކޮމެންޓް