އިސްރާއީލު ސިފައިން ހައްޔަރު ކުރަން އަމުރު ނެރޭތީ އާއިލާތަކުން ކަންބޮޑުވެއްޖެ

ޒަޔަނިސްޓް އިސްރާއިލުން ވަނީ ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޝަހީދުކޮށްލައިފައި

ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ގައުމުތަކަށް ދަތުރުކުރާ އިސްރާއީލުގެ ސިފައިން ހައްޔަރުކުރުމުގެ އަމުރުތައް ނެރެމުންދާތީ އިސްރާއީލު ސިފައިންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އާއިލާތަކުން ބޮޑުވަޒީރު ނަތަންޔާހޫއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އިސްރާއީލު ސިފައިން ހިމާޔަތް ކުރާނެ ސްޓްރެޓެޖީއެއް ސަރުކާރުން ގެންގުޅޭތަން ނުފެންނަ ކަމުގައެވެ.

މިފަހުން ބްރަޒީލްގެ ކޯޓަކުން އިސްރާއީލު ސިފައިންގެ މީހަކު ހައްޔަރު ކުރުމުގެ އަމުރު ނެރުނު ނަމަވެސް، އޭނާ ވަނީ ސިއްރިޔާތުގައި ފިލާފައެވެ. މީގެ ކުރިން ސްރީލަންކާއިން ވެސް އިސްރާއީލު ސިފައިންގެ މީހަކު ވަނީ ސިއްރު ގޮތަކަށް ފިލައި ރައްކާވެފައެވެ.

"ހާއާރެޓްސް" ނޫހުގެ ރިޕޯޓުގައި ބުނެފައިވަނީ އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތައް ފިޔަވައި އެހެން ގައުމުތަކަށް ދަތުރުކުރަން މިހާރު ބިރުގަންނަ ކަމަށެވެ. އެއީ ހަނގުރާމައިގެ ޖަރީމާއާއި ގަތުލުއާންމުތައް ހިންގާކަމުގެ ކުށުގައި އިސްރާއީލު ސިފައިންގެ އެތައް ބަޔަކު ހައްޔަރު ކުރުމުގެ ސިއްރު އަމުރުތަކެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވާކަމަށް ބެލެވޭތީއެވެ.

އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔެއިރު ލެބެޑް ވަނީ އިސްރާއީލު ސިފައިންނަށް ދުނިޔޭގައި ރައްކާތެރިކަން ނެތުމަކީ އިސްރާއީލަށް ކުރިމަތިވާ ބޮޑު ކާރިސާއެއްކަމަށް ސިފަކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިއީ ނަތަންޔާހޫގެ ވެރިކަމުގައި ދުނިޔޭގައި އިސްރާއީލު އެކެހެރި ވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

މި ހާލަތުގައި އިސްރާއީލު ސިފައިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ މެދު ގިނަ ބައެއްގެ ސުވާލު އުފެދިފައިވެއެވެ. އަދި މި މައްސަލައަކީ އިސްރާއީލުގެ ބައިނަލްއަގުވާމީ ގުޅުންތަކަށް ވެސް އަސަރުކުރާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy