އިންޑިއާގެ އެހީގައި ވެރިކަން ވައްޓާލަން ރޭވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިއޯންއަށް ބަސްދީގަތުން ދެއްވަނީ

އަވައްޓެރި އިންޑިއާ އަޑީގައި އޮވެ، ރައީސް ޑރ. މުއިއްޒުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރިކަމަށް ބުނެ ނެރުނު ރިޕޯޓަކީ ކަނޑައެޅިގެން ދޮގެއްކަމަށް ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވިއޯން ނިއުސްޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި، ހާރިޖީ ވަޒީރު ވިދާޅުވީ، ވޮޝިންޓަން ޕޯސްޓްގައި ޝާއިއުކޮށްފައިވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫންކަމަށެވެ. އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވަނީ އެއްވެސް ވަރަކަށް ހަގީގަތް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ އެއަށްވުރެ މާ އިތުބާރުބޮޑު، ގާތްބަދަހި ގުޅުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދު ގުޅުން ހީނަރުކުރަން އުޅޭބަޔަކުވެސް އުޅޭނޭކަން ފާހަގަކުރައްވަމުން، އިންޑިއާއިންވެސް އެކަން ދަންނަކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދުވެސް ވަނީ މި ރިޕޯޓުގައިވާ ވާހަކަތައް ދޮގުކުރައްވާފައެވެ. އިންޑިއާއިން އައީ އަބަދުވެސް ދިވެހިންގެ ޑިމޮކްރަސީއަށް ތާއީދުކުރަމުން ކަމަށާއި، އެފަދަ ކަމަކަށް އިންޑިއާއިން ތާއީދެއް ނުކުރާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވޮޝިންގްޓަން ޕޯސްޓުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ، މި އަހަރުގެ ޖަނަވަރީ މަހު، އިންޑިޔާގެ އިންޓެލިޖެންސް އޭޖެންސީ އާރްއޭޑަބްލިއުގެ އޭޖެންޓުން ދިވެހިރާއްޖޭގެ އިދިކޮޅު ފަރާތްތަކާއެކު ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަޝްވަރާތައް ފެށި ކަމަށެވެ. ނަމަވެސް މި ރިޕޯޓުގައިވާ ވާހަކަތައް ރާއްޖޭގެ އިސް ފަރާތްތަކުން ވަނީ ދޮގުކުރައްވާފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy