އެމްޑީޕީގެ ތިން ދާއިރާއެއްގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވައިލައިފި

އެމްޑީޕީގެ ތިން ދާއިރާއެއްގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވައިލުން - ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ތިން ދާއިރާއެއްގެ ހުސްވެފައިވާ މަގާމު ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ހުސްވެފައި ވަނީ ހއ. ހޯރަފުށީ ދާއިރާގެ ރައީސް، ރ. އިނގުރައިދޫ ދާއިރާގެ ރައީސް އަދި ގއ. ވިލިނގިލީ ދާއިރާގެ ރައީސް ކަމުގެ މަގާމެވެ.

އެ މަގާމަށް ކުރިމަތި ލެވޭނީ މި މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސްގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ކަމަށް އެ ޕާޓީން މިއަދު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއް ކަމުގައި ވާންޖެހެ އެވެ.

މި ބައި އިލެކްޝަންގައި ވާދަ ކުރަން ބޭނުންވާ މެންބަރުންނަށް ފޯމު ހުށަހަޅަން ދީފައިވާ އެންމެ ފަހު ސުން ގަޑިއަކީ މި މަހުގެ ހައެއް ވާ ހޯމަ ދުވަހުގެ 14:00އާ ހަމައަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy