މާލޭ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ހޯދައި، އޭގެ ވެރިފަރާތާއި ވަނީ ހަވާލުކޮށްފައިވާ ކަމަށެވެ.
މިތަކެތި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާއެކު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިތުރު ތަފުސީލް ފުލުހުން ހާމަ ނުކުރާތީ މި މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް އަދި ސާފެއް ނުވެ އެވެ.
ކޮމެންޓް