ބޮންޑެޑް ވެއަރހައުސްއަކުން ގިނައަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލަ ތަޙުޤީޤުކުރަން ފަށައިފި

ކަސްޓަމްސްއިން ބަލަހައްޓަމުން ގެންދާ ބޮންޑެޑް ވެއަރހައުސްއެއް

މާލޭގެ ގެއެއްގައި ހަދާފައިވާ ބޮންޑެޑް ވެއަރހައުސްއަކުން ގިނައަދަދެއްގެ ސިނގިރޭޓް ގެއްލިފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގެއްލިފައިވަނީ 575 ކޭސް ސިނގިރޭޓެވެ. އެއީ 34،000 ކާޓޫނެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިޙްސާން 'އެކްސް' މެދުވެރިކޮށް ވިދާޅުވެފައިވަނީ ވެއަރހައުސްގެ ވެރިފަރާތުން އެތަން ދޫކޮށް، އެހެން މަސައްކަތެއް އެތަނުގައި ކުރަމުންދިޔަ ކަމުގެ މަޢުލޫމާތު ލިބުމުން، ކަސްޓަމްސްއިން އެކަން ބަލައި، ވެއަރހައުސްގައި ހުރި މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

"މިކަން ހިނގި ގޮތް ބަލައި، ޤާނޫނީ ފިޔަވަޅު އެޅުމަށް، ކަސްޓަމްސް އާއި ފުލުހުން ދަނީ ތަޙުޤީޤު ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ސިނގިރޭޓު ގެއްލުނު ގޮތާ ގުޅޭގޮތުން އިތުރު ތަފްސީލެއް ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ.

މިނިސްޓަރު އިޙްސާން ވިދާޅުވި ގޮތުގައި މާލޭގެ އެކި ގޭގެ އާއި އެޕާޓްމަންޓުތަކުގައި ޒަމާންތަކެއް ވަންދެން ބޮންޑެޑް ވެއަރހައުސްތައް ހިންގަމުން އައި ނަމަވެސް، މިއީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފެންނާތީ، ސަރުކާރުން މިހާރު ވަނީ ބޮންޑެޑް ވެއަރހައުސްތައް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމަށް ކަނޑައަޅާފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy