ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެ އުޅުނު ބޯޓެއް ޑްރޯން ބޭނުންކޮށްގެން ހޯދައިފި

އެމްއެންޑީއެފްގެ އެއާކޯގެ ޑްރޯނުން ބޭރުގެ ބޯޓެއް ލޮކޭޓު ކުރުން - ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވަދެ އުޅުނު މަސް ބޯޓެއް ޑްރޯން ބޭނުންކޮށްގެން ހޯދައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު ހޯދީ ސިފައިންގެ އެއާ ކޯ އާއި ކޯސްޓް ގާޑުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އޭގެ އިތުރުން އެ ސަރަހައްދުގައި އުޅެނިކޮށް ޑްރޯނުން ލޮކޭޓްކޮށް، އަދި މިހާރު އެ އުޅަނދު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް އެމްއެންޑީއެފުން ބާރުން ބުންޏެވެ.

 ބޯޓާ ބެހޭ އިތުރު ތަފުސީލް ހާމަ ނުކުރާތީ އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމާއި އަދި ބޯޓުގައި ތިބީ ކިތަށް މީހުން ކަމެއް ސާފެއް ނުވެ އެވެ.

ރާއްޖޭގެ ސަރަހައްދުގައި އުޅެނިކޮށް ޑްރޯން ބޭނުންކޮށްގެން މިދިޔަ މަސް ތެރޭގައި ވެސް ވަނީ ބޭރުގެ މަސް ބޯޓެއް ހޯދާފަ އެވެ.

ރާއްޖޭގައި އެއާ ކޯގެ ހިދުމަތް ތައާރަފްކޮށް، ތިން އަސްކަރީ ޑްރޯން އެ ހިދުމަތާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ.

މި ވަގުތު އެ ޑްރޯންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ނ. މާފަރު އެއާޕޯޓެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy