ބޭރު ކުރަން އުޅެނިކޮށް ހިފެހެއްޓި 582 ކިލޯގެ މިޔަރާއި މަޑިމަސް ނައްތައިލައިފި

2021: ފުލުހުން ކަނޑު މަތިން ހިފެހެއްޓި ދޯންޏަކުން ބާނާފައިވާ މިޔަރުތަކެއް --

ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް ހިފެހެއްޓި ގިނަ އަދަދެއްގެ މިޔަރު، އަދި މަޑިމަސް ނައްތައިލާފައި ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމުން މިއަދު ބުނީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް ހިފެހެއްޓި 582 ކިލޯގެ މިޔަރު އަދި މަޑިމަސް، ނައްތައިލައިފާވާ ކަމަށެވެ.

އެ ތަކެތި މި މަހުގެ 22 ވަނަ ދުވަހު ނައްތައިލީ ކ. ތިލަފުށި ކުނި ނައްތާލާ ސަރަހައްދުގަ އެވެ.

ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ މިޔަރު އުރަހަ މީގެ ކުރިންވެސް އަތުލައިގެންފައިވެ އެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމާއި އެކްސްޕޯޓު ކުރުމަކީ ވެސް މަނާ ކަމެކެވެ.

މިޔަރު މަހާއި އުރަހަ އާއި އޭގެ ތެލުގެ ވިޔަފާރި އަކީ ދުނިޔޭގައި ބިލިއަން ޑޮލަރުގެ އިންޑަސްޓްރީ އެކެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި އެ އިންޑަސްޓްރީގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން މިޔަރު ބާނަ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy