ފަތުރުވެރި ކަމަށް ގެއްލުމެއް ލިބިދާނެ ކަމެއް ސިޔާސީ ޕާޓީއަކުން ނުހިންގާނެ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް (އަދުރޭ)- ފޮޓޯ/ ޕީއެންސީ

ރާއްޖޭގެ ފަތުރުވެރި ކަމަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ރެޖިސްޓްރީ ކޮށްގެން ހިންގައި ސިޔާސީ ޕާޓީއަކުން ކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޕީއެންސީން މިއަދު ބުނެފި އެވެ.

ޕީއެންސީން މިހެން ބުނެފައި މިވަނީ ކޮންގްރެސް ހައުސް، ހ. ވެޔޮވިލާ، ގައި ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރީން ޒިޔާރަތް ކުރާތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން އިދިކޮޅު އެމްޑީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ދެއްކެވި ވާހަކަތަކާ ގުޅުވައިގެންނެވެ.

ވެރިކަން ކުރާ ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީން ދެކޭ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގައި ސިޔާސީ ޕާޓީއަކުން ނޫނީ މަދަނީ ޖަމުއިއްޔާ އަކުން ރާއްޖޭގެ ފަތުރުވެރި ކަމަށް އަދި ދިވެހި އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިދާނެ ފަދަ ނުރައްކާތެރި ކަމެއް ނުކުރާނެ ކަމަށެވެ.

ޕީއެންސީން ބުނީ ދައުލަތުގެ އިދާރާ ތަކާއި ސިޔާސީ ޕާޓީ ތަކާއި މަދަނީ ޖަމުއިއްޔާ ތަކުގެ އިތުރުން އާއްމު ރައްޔިތުން ވެސް ހަރަކާތްތެރިވާން ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއަކީ ފަތުރުވެރީންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާކަމަށް އެ ޕާޓީން ބުންޏެވެ.

ހަމަ އެހެންމެ، ފަތުރުވެރި ކަމުގެ ސިނާއަތުގައި އިންވެސްޓު ކޮށްފައިވާ ފަރާތް ތަކުގެ އިންވެސްޓްމަންޓުތައް ރައްކާތެރި ކޮށްދިނުމުގައި ދިވެހި ދައުލަތުން އަދާ ކުރާންޖެހޭ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ވެސް ޕީއެންސީން ބުނެފައިވެ އެވެ.

ކޮންގްރެސް ހައުސްގައި ރޭ ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ދެއްކެވިި ވާހަކަތަކާއި ގުޅުވައިގެން އޭނާ ވަނީ ސްޓޭޓް މިނިސްޓަރުކަމުން މިއަދު ސަސްޕެންޑުކޮށްފަ އެވެ

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy