ލަންކާގެ މާލީ ހާލަތު ރަނގަޅުވާން ފެށުމާއެކު މޫޑީސްއިން ލަންކާގެ ކްރެޑިޓް ރޭޓިން މަތިކޮށްފި

ލަންކާގެ މާލީ ހާލަތު އަންނަނީ ރަނގަޅުވަމުން

ލަންކާގެ މާލީ ހާލަތު ރަނގަޅުވާން ފެށުމާއި އެކު ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ލަންކާގެ ކްރެޑިޓް ރޭޓިން 'ސީއޭ'އިން 'ސީއޭއޭ1'އަށް މަތިކޮށްފިއެވެ.

މޫޑީސްއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ލަންކާގެ އާމްދަނީއާއި ދަރަނި މެނޭޖުކުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރާނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ. އަދި ދަރަނި ޑީފޯލްޓްވުމުގެ ނުރައްކާ ކުޑަވެ، ބޭރުގެ ގޮންޖެހުންތަކުން އޮތް ނުރައްކާވެސް ކުޑަވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ރޭޓިން މަތިކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ލަންކާގެ 12.55 ބިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް ސޮވެރިން ބޮންޑްތައް ގަނެފައިވާ ކްރެޑިޓަރުންނާއެކު ދަރަނި ރީސްޓްރަކްޗަރ ކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވުމެވެ. މީގެ އިތުރުން އައިއެމްއެފް ފަދަ އިދާރާތަކާ ގުޅިގެން އަޅަމުންދާ އިޞްލާޙީ ފިޔަވަޅުތައްވެސް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ލަންކާއަށް އާމްދަނީ ލިބޭނެ ގޮތްތައް އަދިވެސް މަދުވުމާއި ބޭރުގެ އެހީއަށް ބަރޯސާވުމަކީ އިޤްތިޞާދަށް އޮތް ނުރައްކަލެއްގެ ގޮތުގައި މޫޑީސްއިން ފާހަގަކޮށްފައިވެއެވެ. ލަންކާގެ އިޤްތިޞާދީ ޙާލަތު ދަށްވެފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ސަރުކާރުތަކުން ވެފައިވާ އިހުމާލުތަކުގެ ސަބަބުންނާއި، 2019 ގެ ޓެރަރިސްޓު ހަމަލާތަކާއި ކޮވިޑް-19 ގެ އަސަރުތަކުންނެވެ.

ލަންކާގެ އައު ސަރުކާރުން މިހާރު ގެންދަނީ އައިއެމްއެފްގެ ހަރުކަށި ޝަރުތުތަކަށް ލުއިތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ. މޫޑީސްގެ މި ރިޕޯޓާއެކު ލަންކާގެ އިޤްތިޞާދީ މުސްތަޤުބަލާމެދު އުއްމީދީ ނަޒަރަކުން ބެލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy