ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހީމް ނަސްރީން

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސި އިބްރާހީމް ނަސްރީން --

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ އައު މެނޭޖިން ޑިރެކްޓަރުގެ މަގާމު، އެ ކުންފުނީގެސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައި  ހުންނެވި އިބްރާހީމް ނަސްރީން އަށް ދީފި އެވެ.

ނަސްރީން ޕީއެސްއެމްގައި މަސައްކަތް ކުރައްވާތާ ނުވަ ވަރަކަށް އަހަރު ވެއްޖެ އެވެ.

އޭނާ ވަނީ އެ މުއްދަތުގައި ކުންފުނީގައި ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

މަތީ ދަރަޖަ ހޯދައި ފަރާތް ތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައި ހާއްސަ އިނާމު ހާސިލު ކުރައްވާފައިވާ ނަސްރީނަކީ މެލޭޝިއާގެ ލިމްކޮކް ޔުނިވާސިޓީން ބެޗްލާސް ޑިގްރީ ހާސިލު ކުރައްވައިގެން ހުންނެވި ފަރާތެކެވެ.

އޭގެ އިތުރުން ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވާސިޓީން ސާވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިފައިވެ އެވެ.

ޕީއެސްއެމް އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި މުޙައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފުރަތަމަ ހަމަޖެއްސެވީ ޒީނާ ޒާހިރެވެ.

އޭނާއަކީ މި މަގާމަށް އައްޔަނުކުރެވުނު ފުރަތަމަ އަންހެން ބޭފުޅާވެސްމެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy