ބިއުޓިފުލް ބުލޫ މައިކަޕް: ނޮޅިވަރަމަކީ މުޅި ހއ އޮތް އެންމެ ބޮޑު ޗެލެންޖް

ނޮޅިވަރަމް ޓީމް އިހަވަންކަޕް ކާމިޔާބު ކުރުމަށްފަހު

ކްލަބް ޕޯލްސްޓާއިން އިންތިޒާމުކޮށްގެން ބޮޑުތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް “މައިކަޕް”ގެ ތިންވަނަ މެޗްގައި މިއަދު ހަވީރު ބައްދަލު ކުރާނީ ބީބީ ބްރަދާސް (ހދ ނޮޅިވަރަމް) އާއި ހއ.އުލިގަމެވެ.

މި މުބާރާތުގައި ޖުމްލަ 9 ޓީމު ވާދަ ކުރާއިރު ހއ އަތޮޅުން ބޭރުން ހަމައެކަނި މި މުބާރާތުގައި ވާދަ ކުރާ ޓީމަކީ ބީބީ ބްރަދާސްއެވެ. އެހެންކަމުން، މިއީ މުޅި ހއ އޮތް އެންމެ ބޮޑު ޖެލެންޖް ކަމަށް ބުނެވިދާނެއެވެ. ބީބީ ބްރަދާސް އިން މުބާރާތް ކާމިޔާބު ކޮށްފިނަމަ މައިކަޕްގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އަތޮޅުން ބޭރުވީއެވެ.

ނޮޅިވަރަމް ޓީމުގެ ސްކޮޑަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މުޅި ޓީމް އެ ކުޅުންތެރިއަކަށް ބަރޯސާވެފައިވާ ސާލިމް (ލިމޭ)އެވެ. ލިމޭ އަކީ މުޅި ބޮޑުތިލަދުންމަތީގައިވެސް ވިދުން ގަދަ ޒުވާން ކުޅުންތެރިއެވެ. ރަށާއި އަތޮޅު ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ކުޅު އެ މުބާރާތްތަކުގެ އެންމެ ޝަރަފުވެރި މަޤާމު ތަކުރާރުކޮށް ލިމޭ ހޯދާފައިވެއެވެ.

IMG_3501.jpeg

ލިމޭ—

މީގެ އިތުރުން، ޔަމީން އާއި ޑީޖޭ އަކީވެސް ފާހަގަ ކޮށްލެވޭ ދެ ކުޅުންތެރިންނެވެ. ބިމަށް ވަރުގަދަ، ދުވެލި ބާރު މި ދެ ކުޅުންތެރިން ހިފެއްޓުމަކީ އުލިގަމަށް ފަސޭހަކަމަކަށް ނުވާނެއެވެ. ހަމައެހެންމެ، ހދ ކުރިނބީއަށް ނިޞްބަތްވާ ކުޅުންތެރިއަކާއި ހިރިމަރަދުއަށް ނިޞްބަތްވާ ކުޅުންތެރިއެއްވެސް ޓީމުގައި ހިމެނެއެވެ.

ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން ދެލި އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ޓީމު މެނޭޖަރ ޙުސައިން އިބްރާޙިމް ބުނީ ޓީމު އޮތީ މުބާރާތަށް ވަރަށް ފުރިހަމަށް ތައްޔާރުވެފައި ކަމަށާއި މޫސުން ކިރިޔާވެސް ތަންދޭނަމަ ސަޕޯޓަރުންވެސް މިއަދު އިހަވަންދޫއަށް ދާނެ ކަމަށެވެ.

IMG_3503.jpeg

ޑީޖޭ—

ބޮޑުތިލަދުންމަތީގެ އެންމެ ޝަރަފުވެރި މުބާރާތް، މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.  މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.

ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy