މަރުވެފައި އޮތް މީހަކު އަނެއްކާވެސް މާލެއިން ފެނިއްޖެ

މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރި ވަނީ

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ރޭ ފެނިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ގަލޮޅުގައި ހުންނަ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ ދަންވަރު 1:27 ހާއިރު ކަމަށެވެ. އަދި އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މަރުވެފައި ވަނީ ދާއޫދު ޝިމްރީޒް (45 އަހަރު، ގ. ބިއުޓީ ވިލާ) ކަމަށް ފުލުހުން ބުނެފައިވެ އެވެ. "މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުންޏެވެ.

ގަލޮޅުގައި ހުންނަ ގެއެއްގެ ތެރެއިން އިއްޔެ ހަވީރު ވެސް ވަނީ މަރުވެފައި އޮތް މީހަކު ފެނިފައިވުމެވެ. ނަމަވެސް، ރޭ މީހަކު ފެނުނީ އެހެން ގެއަކުން ކަމަށް ފުލުހުން މިއަދު ބުންޏެވެ.

އާންމު ގޮތެއްގައި މިފަދަ މައްސަލައެއް ފުލުހުން ތަހުގީގުކުރާ ކަމަށް ބުނަނީ، އެ މަރެއްގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރެއްޖެ ނަމަ އެވެ. މީގެ ކުރިން ވެސް މާލޭގެ ބައެއް ގޭގެއިން މީހުން މަރުވެފައި އޮއްވާ ފެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވެފައި ވަނީ މަސްތުވާތަކެއްޗަށް އޯވާޑޯސް ވެގެންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy