އެމެރިކާއިން ސީރިއާގެ އާ ލީޑަރު ހައްޔަރުކުރުމަށް ހުށަހެޅި އިނާމު އަނބުރާ ގެންގޮސްފި

ސީރިއާގެ އާ ލީޑަރު އަހުމަދު އަލް ޝަރުޢާ

ސީރިއާގެ އާ ލީޑަރު އަހުމަދު އަލް ޝަރުޢާ ހައްޔަރުކޮށްދޭ ފަރާތަކަށް ދޭން އެމެރިކާއިން ކަނޑައަޅާފައިވާ 10 މިލިއަން ޑޮލަރުގެ އިނާމު އަނބުރާ ގެންގޮސްފައެވެ.

މި ނިންމުން އިޢުލާންކުރެއްވީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ނިއާ އީސްޓަން އެފެއާޒް ބާބަރާ ލީފް އެވެ.

ލީފް މި ނިންމުން އިޢުލާންކުރެއްވީ ދިމިޝްޤުގެ އާ ލީޑަރުންނާ ބައްދަލުކުރެއްވުމަށްފަހުގައެވެ. މިއީ ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސް) ގްރޫޕުން ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރި ފަހުން އެމެރިކާގެ ޑިޕްލޮމެޓުން ސީރިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ލީފް ވިދާޅުވީ އެމެރިކާއިން މި ނިންމުން ނިންމީ ހުކުރު ދުވަހުގެ މަޝްވަރާތަކުގައި އުއްމީދީ ވާހަކަތަކެއް އަޑުއިވުމުންނެވެ. އެމެރިކާއިން ބޭނުންވަނީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ގެއްލުނު އެމެރިކާގެ ބައެއް މީހުންނަށް ވީގޮތް ހޯދުމަށް ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އެމެރިކާއިން ވަނީ ގާތްގަނޑަކަށް 2,000 ސިފައިން ސީރިއާގައި ތިބި ކަމަށް އެއްބަސްވެފައެވެ. މިއީ ކުރިން ލަފާކުރި އަދަދަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ. އެމެރިކާއިން ސީރިއާއަށް ސިފައިން ފޮނުވަން ފެށީ 2014 ވަނަ އަހަރު އައިއެސް ބަލިކުރުމުގެ މަޤްޞަދުގައެވެ.

އެޗްޓީއެސްއާއެކު ވާހަކަތައް ދެއްކި ނަމަވެސް، 2018 ވަނަ އަހަރު އެމެރިކާއިން ވަނީ އެ ޖަމާޢަތަކީ ޓެރަރިސްޓު ޖަމާޢަތެއް ކަމަށް ކަނޑައަޅާފައެވެ. އަލް ޝަރުޢާއަކީ މި ޖަމާޢަތުގެ ލީޑަރެވެ. މި އިނާމު އަނބުރާ ގެންދިއުމަކީ ސީރިއާގެ އާ ވެރިކަމާމެދު އެމެރިކާގެ ސިޔާސަތަށް އައި ބަދަލެއްގެ ނިޝާނެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy