ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލް މޮޅުވެ ތިން ވަނައަށް އެރިއިރު ސިޓީގެ ހާލަތު އިތުރަށް ގޯސްވެއްޖެ

އެސްޓަންވިލާއިން ވަނީ ސިޓީ ގާތުގައި ރަނގަޅު ކުޅުމެއް ދައްކާފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި އާސެނަލް ކްރިސްޓަލް ޕެލަސް އަތުން 5-1 އިން މޮޅުވެ، ލީގުގެ ތިން ވަނައަށް އެރިއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ، އެ ޓީމުގެ ދަށް ހާލަތު އިތުރަށް ގޯސްވެއްޖެއެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ ދެ ވަނައިގައި އޮތީ 16 މެޗުން 34 ޕޮއިންޓާ އެކުގައެވެ. އާސެނަލުން 17 މެޗު ކުޅުނުއިރު، އެ ޓީމަށް ވަނީ 33 ޕޮއިންޓް ލިބިފައެވެ.

ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ ވަނަ މެޗުން ބަލިވި ސިޓީ މި ވަގުތު ލީގުގައި އޮތީ 17 މެޗުން 27 ޕޮއިންޓާ އެކު، ހަ ވަނައިގައެވެ. ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 17 މެޗުން 28 ޕޮއިންޓް ލިބިފައެވެ.

އާސެނަލްގެ މޮޅުވި މެޗުގައި، ގަބްރިއެލް ޖީސޫސް ދެ ލަނޑު ޖެހިއެވެ. މިއީ ޖެނުއަރީ މަހުގެ ފަހުން ލީގުގައި އޭނާގެ ފުރަތަމަ ގޯލެވެ. އިތުރު ލަނޑުތައް ޖެހީ ކައި ހަވާޓްޒް، ގަބްރިއެލް މާޓިނެލީ އަދި ޑެކްލަން ރައިސްއެވެ.

މެންޗެސްޓާ ސިޓީގެ ބަލިވި މެޗުގައި އެސްޓަން ވިލާގެ ގޮޅްތައް ކާމިޔާބުކޮށްފީފައި ވަނީ ޖޯން ޑުރާން އާއި މޯގަން ރޮޖާސް އެވެ. އަދި ސިޓީގެ ހަމައެކަނި ލަނޑު ޖެހީ ފިލް ފޯޑެންއެވެ.

މި ބަލިވުމާއެކު ސިޓީގެ ދަށް ހާލަތު އިތުރަށް ގޯސްވެ، ޓީމުގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

7 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy