ބަޔާން މިއުނިކް ލެއިޕްޒިގް އަތުން 5-1 އިން މޮޅުވެ ލީގުގެ އެއްވަނައިގައި ފަރަގު ބޮޑުކޮށްފި

ރޭގެ މެޗުގައި ބަޔާނުންވަނީ މޮޅު ކުޅުމެއްދައްކާފައި

ޖަރުމަން ބުންޑެސްލީގާގައި ރޭ ލެއިޕްޒިގް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެ ތާވަލުގެ އެއްވަނައިގައި އެހެން ޓީމުތަކާއި ދެމެދުވާ ފަރަގު ބޮޑުކޮށްފިއެވެ.

މި މެޗު ކާމިޔާބު ކުރުމާއެކު ބަޔާން މިއުނިކް އޮތީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 36 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.

ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އަށް 14 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. މިއީ ބަޔާން މިއުނިކްއާ އަޅާބަލާއިރު 7 ޕޮއިންޓުގެ ފަރަގެކެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދައިދީފައެވެ. ނަމަވެސް މިނިޓެއްވެސް ނުވަނީސް ލެއިޕްޒިގްގެ ބެންޖަމިން ސެސްކޯ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުގައި ބަޔާން މިއުނިކް އިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައި ކޮންރެޑް ލެއިމަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ 11 މިނިޓު ފަހުން މުސިއާލާގެ އެސިސްޓަކުން ޖޯޝުއާ ކިމިޗް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބަޔާން މިއުނިކް އިތުރު ދެ ލަނޑު ޖެހިއެވެ. 75 ވަނަ މިނިޓުގައި ލެރޮއި ސާނޭ ހަތަރުވަނަ ލަނޑު ޖެހި އިރު، 78 ވަނަ މިނިޓުގައި އަލްފޮންސޯ ޑޭވީސް ވަނީ ފަސްވަނަ ލަނޑު ޖަހާފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy