އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ފޮރެންސިކް ޓީމެއް ރާއްޖެ އަތުވެއްޖެ

ހައުސިން މިނިސްޓްރީގައި ރޯވެ އަނދަނީ -- މިހާރު ފޮޓޯ

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ރަޖިސްޓްރޭޝަނާ ބެހޭ ބައި ހުންނަ މ. ގްރީން ބިލްޑިން އިމާރާތުގައި މިމަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ބޭރުގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ފުލުހުން މިއަދު ވަނީ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ ޓީމަކުން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަކަން ކަށަވަރުކޮށްދީފަ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވެފައި ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު އަންނަނީ ފުލުހުންނާ އެކު ހަރަކާތްތެރިވަމުން ކަމަށެވެ.

މި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯދާފައިވާއިރު، މި ހާދިސާގެ ތަހުގީގަށް ބޭނުން ކުރެވިދާނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރި ނަމަ އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފުލުހުން އެދިފައިވެ އެވެ.

އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވެސް އަދި އެނގިފައެއް ނުވެއެވެ.

ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީގައި ރޯވި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ އޮފީހުގައި ވެސް އަލިފާން ރޯވެ، މުހިންމު ލިޔެކިޔުންތަކެއް އަނދާފައިވެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ތިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އަންނަނީ ދަރުބާރުގޭގަ އެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލްގެ ހުއްޓިފައިވާ ބައެއް ހިދުމަތްތައް ވެސް މިވަގުތު ދެމުން އަންނަނީ ދަރުބާރު ގެއިންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy