އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލައި ފުރުމުގެ ހުއްދަ ދީފި

ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ): އޭނާގެ ޕާސްޕޯޓު މިއަދު ބަނީ 14 ދުވަހަށް ދޫކޮށްދީފައި —

ސީލައިފް ފުލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުޙައްމަދު (އަންމަޓީ) 14 ދުވަހަށް ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން މިއަދު ހުއްދަ ދީފި އެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފުލެޓު އެޅުމަށް، ސީލައިފާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފުލެޓުތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އައްމަޓީގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، އައްމަޓީ ފުރުން މަނާ ކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރު ރިވިއުކޮށްދިނުމަށް އޭނާގެ ފަރާތުން އެދިފައިވާ ކަމަށާއި އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ކަފާލާތުގެ ދަށުން މީހަކު ޖާމިނުކޮށް، އައްމަޓީ ފުރުން މަނާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އިން ވެސް އިއުތިރާޒު ނުކުރާ ކަމަށެވެ.

ކަން އެހެން އޮތުމުން، އައްމަޓީ ރާއްޖެއިން ބޭރަށް ފުރުމުގެ ކަންކަން ހަމަޖެހުމާ އެކު 14 ދުވަހަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކޯޓުން އިމިގްރޭޝަނަށް އަމުރުކޮށްފައިވެއެވެ. އަދި، އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ރާއްޖެ އަންނަން ޖެހޭނެ ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާ އުފުލައިފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީން މީގެ ކުރިން ބުނެފައިވެ އެވެ.

އެޕާޓުމެންޓު ވިއްކާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް އައްމަޓީ ހޯދަން ރެޑް ނޯޓިސް ވެސް ނެރުނެވެ.

އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ އަވަށްޓެރި ސްރީ ލަންކާގައި ދިރިއުޅެމުން އަންނަނިކޮށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy