ކުރިން ކުރި އިއުލާން ބާތިލްކޮށް އޭސީސީއަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް-- ފޮޓޯ/ އޭސީސީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ ދެ މަގާމަށް މެންބަރުން އައްޔަން ކުރުމަށް ޓަކައި މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފި އެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ފުރަތަމަ ފަހަރު ހުޅުވައިލީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނީ އޭސީސީން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން 31 ޑިސެންބަރުގެ 12:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެހެންވެ، މެމްބަރު ކަމަށް އެދޭ ފޯމާއި، އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިކަމަށް ކުރިތިމަލުމަށް ދީފައިވާ މުއްދަތުގައި ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އޭސީސީގެ ދެ މެމްބަރެއްގެ މަގާމު ހުސްވެފައި ވަނީ ނައިބު ރައީސް އަބްދުއްސަލާމް އާއި މެމްބަރު ތޯހާ މުޙައްމަދު އިސްތިއުފާ ދެއްވުމުންނެވެ.

ދެ މެމްބަރުން އިސްތިއުފާ ދެއްވީ އެބޭފުޅުންނާ ގުޅޭގޮތުން ހުށައެޅި ސުލޫކީ މައްސަލަ ތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން ބަލައި އެ މެމްބަރުން ވަކިކު ރުމަށް ނިންމާފައި ވަނިކޮށެވެ.

އެ ކޮމިޓީން ބުނެފައި ވަނީ އޭސީސީގެ ގާނޫނުގައި އެ ކޮމިޝަނުގެ ވާޖިބު އަދާ ކުރުމުގައި މެންބަރުން ބިރަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެ ކަމަށާއި އަމިއްލަ މަސްލަހަތު ހާސިލު ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާތަކާ ވަނީ އެ ދެ މެންބަރުން ހިލާފުވެފައި ކަމަށެވެ.

މަގާމުން އިންތިއުފާ ދެއްވުމަށްފަހު އެ ދެ މެމްބަރުން ފޮނުއްވި ސިޓީގައި އެ ވާހަކަތައް ދޮގު ކުރަމުން ބުނެފައި ވަނީ އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy