މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ރެއިޑްކޮށް ބިދޭސީއަކު އަތުލައިގެންފި

މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރު ކުރަނިކޮށް ރެއިންޑު ކުރި ތަން -- ފޮޓޯ/ އިމިގްރޭޝަން

މާލޭގައި މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ރެއިޑްކޮށް، ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ، އެތަނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ޓާސްކްފޯހުން ރޭ މާލޭ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ތަނަކީ އާންމު މިންގަނޑުތަކާ ހިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރު ކުރަމުންދާ ތަނެއް ކަމަށާއި އެ ތަނުން ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ

އިމިގްރޭޝަނުން ބުނީ އެ ތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ، އެ އިދާރާގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ރާއްޖޭގައި ގަވާއިދާއި ހިލާފަށް މަސައްކަތް ކުރުމާއި ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް އޮޕަރޭޝަންތަކެއް އަންނަނީ ހިންގަމުންނެވެ.

އެ އޮޮޕަރޭޝަންގެ ތެރެއިން، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެ އެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ޑީޕޯޓުކޮށްލާފައިވެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy