ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުން
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު ހިމެނޭ ދަފްތަރެއް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލައިފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މިއީ ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލި ފުރަތަމަ ފަހަރު ކަމަށެވެ. އެ ދަފްތަރުގައި މިހާތަނަށް 2،116 ދަރިވަރަކު ރަޖިސްޓްރީ ވެފައިވެ އެވެ. އެއީ 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ދަރިވަރުންގެ ދަފްތަރެއް ހެދުމުގެ މަގްސަދަކީ ބޭރުގެ އެކި ގައުމުތަކުގައި މަތީ ތައުލީމް ހާސިލުކުރަމުން އަންނަ ދަރިވަރުންނާއި ގުޅޭ މުހިއްމު ކަންކަން ބެލެހެއްޓުމުގައި ލުއި ފަސޭހަކަން ހޯދައިދިނުމެވެ. އެ ދަފްތަރުގެ ސަބަބުން ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުން ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އޭ ލެވެލްގެ ފަސް މާއްދާ އިން "އޭ ސްޓާ" ހޯދުމުން ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ފަސް މާއްދާ އިން އޭ ފާސް ހޯދުމުން ހައި އެޗީވާސް ސްކޮލާޝިޕް ދިވެހި ސަރުކާރުން ދެނީ ކޮންމެ ގައުމެއްގެ ކޮންމެ ޔުނިވާސިޓީއެއްގައި ވެސް ކިޔެވޭ ގޮތަށެވެ. އެގޮތުން މި އަހަރު ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 19 ދަރިވަރަކަށް އަދި ހައި އެޗީވާސް ސްކޮލާޝިޕް 119 ދަރިވަރުންނަށް ވަނީ ދީފަ އެވެ.
އޭގެ އިތުރުން ސްޓޫޑެންޓް ލޯނަށް އެދުނު 1،384 ދަރިވަރުންނަށް ލޯނު ދޫކޮށްފައި ވާއިރު، 582 ދަރިވަރުން ވަނީ ކިޔަވަން ފަށައިފަ އެވެ. އަދި ސްކޮލާޝިޕް ސްކީމް 345 ދަރިވަރަކަށް ދީފައިވާއިރު އޭގެ ތެރެއިން 137 ދަރިވަރުން މިހާރު ވަނީ ކިޔެވުން ފަށައިފަ އެވެ.
މި ދަފްތަރު އެކުލަވާލުމުން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ދަރިވަރުންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް